ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑައިވިންގ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ

                 ހއ. އަތޮޅުގެ ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ ޒުވާނުންނަށް އަމާޒުކޮށްގެން މި ކައުންސިލުން  "ޕަޑީ ސެޓިފައިޑް ޑައިވިންގ ކޯސް" ހއ. އަތޮޅުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2024 ފެބުރުވަރީ 15 އާއި މާރިޗު 6 އާ ދެމެދުގެ މުއްދަތެއްގައި ކަމުގައި ދެންނެވީމެވެ.

                  މި ކޯސް ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މިކަމަށް އެދި  ޕްރޮޕޯސަލް މި ކައުންސިލްގެ ރަސްމީ އީމެއިލް [email protected]  އަށް 2024 ފެބުރުވަރީ 08 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން މެއިލް ކުރެއްވުން އެދެމެވެ.

                  އަދި ދަންނަވަމެވެ. ޕްރޮޕޯސަލް މިންކުރުމުގައި ހއ. އަތޮޅުގައި ޑައިވިންގ ސެންޓަރު ހަދައިގެން ޑައިވިންގ ކޯސް ހިންގާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. ޑައިވިންގ ކޯހާއި ގުޅޭގޮތުން މައުލޫމާތު ދިނުން 2024 ފެބުރުވަރީ 1 ވާ ބުރާސްފަތި ދުވަހު 10:00 ގައި މި ކައުންސިލްގައި އޮންނާނެ ވާހަކަ ދެންނެވީމެވެ.   

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޖަނަވަރީ 2024
ހޯދާ