މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު – ޕިކްނިކް އޭރިއާ ސަރަޙައްދު ސާފުކޮށް، މަރާމާތުކޮށް ބެލެހެއްޓުން

     އެކުވެރި ބަދަހި، އާއިލާތައް އުފައްދައި އެއްބައިވަންތަ މުޖުތަމަޢެއް ބިނާކުރުމުގެ މަޤުޞަދުގައި މިރަށުގައި ހެދިފައިވާ ބާބަކިއު އޭރިއާ ސާފުކޮށް، މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތަކަށް އެއްވެސް ކުއްޔަކާއިނުލާ 15 ފޫޓު 10 ފޫޓު ގެ ޖާގައެއް އަމިއްލައަށް ހަދާގޮތަށް (ގާޑިޔާ/ ޓޭކްއަވޭ) ވިޔަފާރި ކުރުމަށް 5 އަހަރުގެ މުއްދަތަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޝަރުޠުތައް:

  • ދުވާލަކު އެއްފަހަރު ކުނިކެހުން.
  • ކުނި ގެންދިއުމަށް ކަނޑައެޅިފައިވާ ސަރަޙައްދަށް (ވޭސްޓް މެނޭޖްމަންޓް ސެންޓާރ) ކަނޑައެޅިފައިވާ ދުވަސްތަކުގައި ކުނިއުކާލުން.
  • ފެހި މާހައުލަކަށް ހެދުމަށްޓަކައި ގަސް އިންދާ ބެލެހެއްޓުން.
  • ތަނުގެ ކުދި ކުދި މަރާމާތުކުރުން.

ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައިގަނޑު ބައިތައް އަދި އެބައިތަކަށް މާކްސް ދެވޭނެ މިންވަރު:

 #

މައިގަނޑު ބައިތައް

މާކްސް (0)

 1

 އަހަރެއްގެ މައްޗަށް މަރާމާތަށް ހޭދަކުރެވޭނެ މިންވަރު

50

 2

 5 އަހަރުތެރޭ ޕިކްނިކް އޭރިއާ ތަރައްޤީކުރުމަށް ކޮށްދޭނެ ކަންކަން ( އަހަރަކު ކޮށްދޭނެ ކަންކަމާއި އެކަމަށްކުރާނެ ޚަރަދު ވަކިވަކިން ހިމަނަންވާނެއެވެ.)

50

 

     ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 04 ފެބުރުވަރީ 2024 ވާ އާދިއްތަ ދުވަހުގެ 13:15 ގެ ކުރިން އިނގުރައިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

        ފޯނު ނަންބަރު: 6580028

        އީ-މެއިލް: [email protected]

29 ޖަނަވަރީ 2024
ހޯދާ