މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުން ޢާއްމު ވިޔަފާރިއަށް ކުލީބިން ދޫކުރުން
ބަނދަރު ސަރަހައްދުން ޢާއްމު ވިޔަފާރިއަށް ކުލީބިން ދޫކުރުން
މިރަށު ބަނދަރު ސަރަޙައްދުގެ ވާޓަރު ކެފޭގެ ހުނޅަގުން އެސް.ވައި.ޒެޑް ހޯމުގެ އިރުން އޮތް 1757 އަކަފޫޓުގެ ބިން 25 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބިމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ވަނީ ޢާއްމުކޮށް ހުޅުވާލެވިފައެވެ.
- އިތުރު މަޢުލޫމާތު:
- ބީލަން ހުށަހެޅޭނީ މީލާދީން 18 އަހަރު ފުރިފައިވާ އަމިއްލަ ފަރުދުންނަށާއި، ކުންފުނި ޖަމިއްޔާ ޖަމާޢަތްތަކަށެވެ.
- ބީލަމަށް އެދި ހުށަހަޅާ ބީލަން ކަރުދާސް 30 ޖެނުއަރީ 2024 އަންގާރަ ދުވަހުން ފެށިގެން 14 ފެބްރުއަރީ 2024 ގެ ނިޔަލަށް ރަސްމީ ގަޑީގައި މި އިދާރާއިން ލިބެންހުންނާނެއެވެ.
- ބީލަން ކަރުދާހެއްގެ އަގަކީ 500.00 ރުފިޔާއެވެ.
- ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 15 ފެބްރުއަރީ 2024 ބުރާސްފަތި ދުވަހުގެ 11.00 ގައި މި އިދާރާގައެވެ.
- ބީލަންތައް ކަނޑާނީ ބީލަން ހުށަހެޅި ފަރާތްތަކުގެ ޙާޟިރުގައެވެ.
- ބީލަން ހުށަހަޅުއްވާ ފަރާތްތަކުން ބީލަންތައް ޗެކް ކުރަންދެން މަޑުކުރަންވާނެއެވެ.
- ބީލަންތައް ވަޒަންކުރާނީ މި އިދާރާއިން ކަނޑައަޅާ ކޮމިޓީއަކުންނެވެ.
- މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުކުރެވޭނެއެވެ.
- ކުލި ހުށަހަޅާނީ މަހަކު އަކަފޫޓެއްގެ ރޭޓާއި 1757 އަކަފޫޓުގެ ޖުމްލަ އަގު ވަކިވަކިންނެވެ.
- ބިމުގެ ބޮޑުމިން: 1757 އަކަފޫޓް
- މި ބިމުގައި ކުރެވޭނެ ވިޔަފާރިއަކީ ހިލަ، ހިލަވެލި، ސިމެންތި ގުދަން ކުރުމާއި ގެސްޓްހައުސް ހިންގުމާއި މީހުން ބައިތިއްބުމާއި ތެލުގެ ވިޔަފާރި ކުރުން ފިޔަވައި އެހެނިހެން ޢާއްމު ވިޔަފާރިތަކެވެ.
ބީލަންތައް ވަޒަންކުރުމުގައި ބަލާނެ މިންގަނޑުތައް:
- ބީލަމަށް ހުށަހަޅާ ކުލި % 100
އިތުރު މަޢުލޫމާތު ބޭނުން ބޭނުންފުޅު ނަމަ 4006020، 7612867، 9555951 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
29 ޖަނަވަރީ 2024
ހޯދާ