ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 7/2023 ކުންފުނީގެ ޤާނޫނު ދިވެހި ބަހުން އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގައި ކުންފުނި އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ ހަމަތަކާއި، ކުންފުނިތަކާ ބެހޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭނެ އެނޫންވެސް އުޞޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅާނީ 7 ފެބްރުވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަށް ހާޟިރުވެއެވެ. ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 7 ފެބްރުވަރީ 2024 ވާ ބުދަ ދުވަހުގެ 13:00ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
ހުށަހަޅަންޖެހޭ ތަކެތި/ލިޔުން.
- ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
- އެސްޓިމޭޓް/ ކޯޓޭޝަން
- ޕްރޮފައިލް
- ތަޖުރިބާ ބަޔާންކުރާ ލިޔުން
- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
ބިޑް ސެކިއުރިޓީ އަދި ފާރފޯމަންސް ގެރެންޓީ
- ބިޑް ސެކިއުރިޓީ
(ހ) މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީ އަކީ 5,000ރ (ފަސްހާސް ރުފިޔާ) އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް
ހުށައަޅާ ތާރީޚުން ފެށިގެން މަދުވެގެން 30 (ތިރީސް) ދުވަސް ކަމުގައި ވާންވާނެއެވެ.
(ށ) ހުށައަޅާ އަންދާސީ ހިސާބުގެ އަގު (ކޮންމެ ލޮޓެއްގެ ޖުމްލަ އަގު) 500,000ރ (ފަސް ލައްކަ ރުފިޔާ) އަށް ވުރެ
ބޮޑުކަމުގައި ވާނަމަ (ހ) ގައި ބަޔާންކޮށްފައިވާ އަދަދުގެ ބިޑް ސެކިއުރިޓީ ހުށައަޅަންވާނެއެވެ.
(ނ) ބިޑް ސެކިއުރިޓީގެ ގޮތުގައި ޤަބޫލުކުރާނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝިއަލް
އިންސްޓިޓިއުޓަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ބިޑް ސެކިއުރިޓީ ލިޔުމެކެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ޗެކް
ބަލައެއް ނުގަނެވޭނެއެވެ.
- ޕާފޯމަންސް ގެރެންޓީ
(ހ) ބީލަން ކާމިޔާބުކުރާ ފަރާތުން ހުށައަޅާފައިވާ އަގަކީ 500,000ރ (ފަސް ލައްކަ ރުފިޔާ) އަށްވުރެ ބޮޑު އަގެއްނަމަ
ޕާފޯމަންސް ގެރެންޓީގެ ގޮތުގައި 2% (ދޭއް އިންސައްތަ) އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތާ ޙަވާލުވާ ދުވަހު ހުށައަޅަންވާނެއެވެ.
(ށ) ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ޤަބޫލުކުރާނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝިއަލް
އިންސްޓިޓިއުޓަކުން މ ޕްރޮޖެކްޓަށް ދޫކޮށްފައިވާ ޕާފޯމަންސް ގެރެންޓީ ލިޔުމެކެވެ. އަދި ޕާފޯމަންސް ގެރެންޓީގެ ގޮތުގައި
ޗެކް ބަލައެއް ނުގަނެވޭނެއެވެ.
(ނ) ޕާފޯމަންސް ގެރެންޓީގެ މުއްދަތަކީ، އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން މަސައްކަތުގެ މުޅި މުއްދަތަށްވުރެ
ކުރު މުއްދަތަކަށް ވެގެން ނުވާނެއެވެ. ޕާފޯމަންސް ގެރެންޓީ ހުށަނާޅައިފިނަމަ ބެލެވޭނީ މަސައްކަތާއި ހަވާލިނުވީ ކަމަށެވެ.
އެޑްވާންސް ފައިސާ
މި ޕްރެޖެކްޓަށް އެޑްވާންސް ފައިސާ ދޫކުރުމަށް ހަމަޖެހިފައި ނުވެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދު ކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިއުމަންޓް ސެކްޝަން،
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް،
ވެލާނާގެ، އަމީރުއަހްމަދު މަގު، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.trade.gov.mv
މަސްރޫޢުގެ ނަން: ޤާނޫނު ނަންބަރު 7/2023 ކުންފުނީގެ ޤާނޫނު ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާނު ނަންބަރު: (IUL)101-AS/1/2024/3
ހުށަހެޅީ؛
(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)
(ބީލަން ހުށަހަޅާ ފަރާތަށް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއަށް ލިބިގެންވެއެވެ.
އަގު ހުށަހަޅާއިރު "އަގު ހުށަހަޅާ ފޯމް" ނެތިޖެއްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ.
ބީލަން ހުށައަޅާ ފަރާތަކީ މި މިނިސްޓްރީގައި ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އަދި އެސް.އެމް.އީ އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް، މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " ގައި ބަޔާންކޮށްފައިވާ ގޮތަށް 7 ފެބްރުވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 ވޭލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އޮފީހަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3323668 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ.