ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލުފުށީ ކުރީ ސްކޫލްގެ ލައިބްރަރީ އިމާރާތް ކުއްޔަށް ދިނުމާއިބެހޭ

ރަށުގެ ލޭޑް ޔޫސް ޕްލޭންގެ ޕްލޮޓް ނަންބަރު 22 ގައިވާ (ކުރީގެ ސްކޫލްގެ ލައިބްރަރީ) އިމާރާތް ކުއްޔަށް ދިނުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)383-ESD/383/2023/124 (20 ނޮވެމްބަރ 2023) އިޢުލާނާއި ގުޅިގެން ޝަރުތު ހަމަވާ ބީލަމެއް ހުށަހަޅާފައިނުވާތީ އެއިޢުލާނު ބާޠިލްކޮށް އިމާރާތް ކުއްޔަށްހިފާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ. މިއިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން https://shorturl.at/bDEY4  މި ލިންކު މެދުވެރިކޮށް 2024 ފެބްރުއަރީ 07 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. މި އިޢުލާނާ ގުޅޭ އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މި އިދާރާގެ ކޮންފަރެންސް ރޫމްގައި ކުރިއަށްދާނެއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޕްރޮޕޯސަލް ހުށަހެޅުމަށް އެދި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ޕްރޮޕޯސަލް ގުޅޭ މަޢުލޫމާތު، ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.

 

ތާރީޚް

ގަޑި

ދުވަސް

ތަން

ޕްރޮޕޯސަލް ހުށަހެޅުން

18 ފެބްރުއަރީ 2024

13:00

އާދީއްތަ

ކައުންސިލްގެ އިދާރާ

މި ބީލަމުގައި ބައިވެރިވުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ހުށަހެޅޭ ޕްރޮޕޯސަލް ފޯމް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 / 9742454 ފޯނަށް ގުޅުއްވުން އެދެމެވެ.

29 ޖަނަވަރީ 2024
ހޯދާ