ދިވެހިރާއްޖެ
މި މިނިސްޓްރީގެ ނަންބަރު IUL)138-PIS2/1/2015/63)ފ(09 މާރިޗު 2015) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
ސަރުކާރުގެ ފަރާތުން ހދ. ހަނިމާދޫގައި ޢިމާރާތް ކޮށްފައިވާ 70 ގެއަށާއި ހދ. ނޮޅިވަރަންފަރުގައި ޢިމާރާތް ކޮށްފައިވާ 52 ގެއަށް ވާރޭފެން ރައްކާކުރުމަށް ބޭނުންވާ ކަޅުހަން އެރަށްތަކަށް ގެންގޮސް މި މިނިސްޓްރީން ދޭ ކުރެހުމާ އެއްގޮތަށް ހަރުކުރުމުގެ އެންމެހާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރެވުނު އިޢުލާނާ ގުޅިގެން މަޢުލޫމާތު ދިނުމުގައި ބައެއް މަޢުލޫމާތު މަދުވާތީ، މި މަސައްކަތް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ޝެޑިއުލާ އެއްގޮތަށް އަންދާސީހިސާބު މި މިނިސްޓްރީއަށް ހުށަހަޅުއްވައިދެއްވުން އެދެމެވެ.
ތާރީޚު |
ވަގުތު |
ތަފުސީލު |
09 އެޕްރީލް 2015 |
11:00 |
ޕްރީ ބިޑް |
13 އެޕްރީލް 2015 |
11:00 |
ބިޑް ހުޅުވުން |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
އިންޖިނިއަރިންގ ސެކްޝަން
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004300 ފެކްސް:3004301
އީ-މެއިލް: [email protected]
13 ޖުމާދަލްއާޚިރާ 1436