މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޢުލާގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދުން

ޕްރޮޖެކްޓް ނަންބަރު PC/308/2024/03

މިރަށު މަސްޖިދުލް ޢުލާގައި އަމިއްލަތަކެތީގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މުޙިއްމު ނުކުތާތައް

  1. މިސްކިތުގެ ބޮޑުމިން: 47x55 (2585) އަކަފޫޓް.
  2. މިޙްރާބުގޭގެ ބޮޑުމިން: 9x17 (153) އަކަފޫޓް.
  3. މިސްކިތުގައި އަޅާ ނެވިލޯނުގެ ބޯމިނުގައި އެންމެ ކުޑަވެގެން 4.5އެމްއެމް ހުންނަންވާނެއެވެ.
  4. މިސްކިތުގައި އަޅަންވާނީ މިސްކިތުގައި އެޅުމަށް ޚާއްޞަކޮށް ޑިޒައިންކޮށްފައިވާ ސަފުތައް ކުރަހާފައިވާ ނެވިލޯނެވެ.
  5. ނެވިލޯނުގެ ދަށުން އިތުރު ފަށަލައެއް އަޅާކަށް ނުޖެހޭނެއެވެ.
  6. ޑިޒައިންގައި ދެސަފުގެ ދެމެދު 3 (ތިނެއް) ފޫޓް ހުންނަންޖެހޭނެއެވެ.
  7. ސަފުހަދާ ލައިނުގެ ފުޅާމިން 1 (އެކެއް) ފޫޓަށްވުރެ ފުޅާވެގެން ނުވާނެއެވެ.
  8. ނެވިލޯނު މިސްކިތާއި ހަމައަށް ގެނެސް މިސްކިތުގައި އެޅުމަކީ ކޮންޓްރެކްޓަރުގެ ޒިންމާއެކެވެ.
  9. ނެވިލޯނުގެ ފައްތަރުތައް، އެކަމަށް ޚާއްޞަ ތެރަސްލައިގެން ތަތްކުރަން ވާނެއެވެ.
  10. ނެވިލޯނު އެޅުމަށްފަހު މިޙްރާބުގެ އާއި މިސްކިތުގެ ފާރުތަކުގެ ތިރީގައި މިހާރު ހުރި ބޯޑަރުތައް ހަރުކުރަންވާނެއެވެ.
  11. ނެވިލޯނުއެޅުމުގެ މަސައްކަތް ނަމާދު ވަގުތުތަކުގެ 15 މިނިޓްކުރިން ހުއްޓާލަންވާނެއެވެ. އަދި ނަމާދު ނިމި 15 މިނިޓްފަހުން މަސައްކަތް ފެށިދާނެއެވެ.
  12. ނެވިލޯނު އެޅުމުގެ މަސައްކަތަށް މިސްކިތް ބަންދެއް ނުކުރާނެއެވެ.

ރަޖިސްޓްރީކުރުން

2024 ފެބުރުވަރީ 07 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

މަސްޖިދުލް ޢުލާގައި ނެވިލޯނުއެޅުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް (google.com)

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2024 ފެބުރުވަރީ 07 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2024 ފެބުރުވަރީ 08 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"މަސްޖިދުލް ޢުލާގައި ނެވިލޯނުއެޅުން"

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް

- ޓެކްސް ކްލިއަރެންސް ރިޕޯޓް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

- އަގު - އަށްޑިހަ ފަސް އިންސައްތަ

- މުއްދަތު - ދިހަ އިންސައްތަ

- ތަޖުރިބާ - ފަސް އިންސައްތަ

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގެވެ.
  2. ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
  3. ތަޖުރިބގެ މިބައިގައި ބަލާނީ ވޭތުވެ ދިޔަ 1 އަހަރު މިބާވަތުގެ މަސައްކަތްކުރި ތަންތަނުން ދީފައިވާ ރިފަރެންސް ލެޓަރ ތަކަށެވެ. މިގޮތުން 5-1 ދެމެދުގެ ޢަދަދަކަށް ސިޓީ/ލިޔުން ހުށަހެޅިދާނެއެވެ. ޕޮއިންޓް ލިބޭނީ ހުށަހަޅާ ލިޔުންތަކުގެ ނިސްބަތުންނެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  6. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

29 ޖަނަވަރީ 2024
ހޯދާ