ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޛިކުރު ޤުރުއާން މުބާރާތް 1445

ޛިކުރު ޤުރުއާން މުބާރާތް 1445

ގދ.ގައްދޫ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް، ފެތުރުމަށްޓަކައި ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ގައްދޫ ޕޮލިސް ސްޓޭޝަނުން ސިލްސިލާކޮށް ކުރިޔަށްގެންދާ " ޛިކުރު ޤުރުއާން މުބާރާތް 1445" ، 2024 މާރޗް 21 އިން 2024 މާރޗް 23 ވަނަ ދުވަހު ކުރިޔަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭހެން، ޖުމްލަ 09 ޢުމުރު ފުރައަކުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މީގެ ތެރޭގައި މިއަހަރު މުޅިން އަލަށް މުބާރާތަށް އިތުރު ކުރި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޢުމުރުފުރާ ހިމެނެއެވެ.

ވިމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 05 މާރިޗް 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް ތިރީގައިވާ ގޫގަލް ލިންކް ފުރުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ގައްދޫ ޕޮލިސް ސްޓޭޝަނުން ވެސް ލިބެން ހުންނާނެއެވެ. މުބާރާތުގެ ޤަވައިދު މި އިޢުލާނާއެކު ޢާންމުކުރީމެވެ.

 

https://docs.google.com/forms/d/19UeoUnPLjzG3vtnym6Y_8sKw8WjkSt27qPndJKr_zBw/viewform?edit_requested=true

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

29 ޖަނަވަރީ 2024
ހޯދާ