ދިވެހިރާއްޖެ
ށ.ފޭދޫ ފުޓްސަލްދަނޑުގައި ޖަހާނެ ފެންސްނެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. ވީމާ ފެންސްނެޓް ސަޕްލއިކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ރާއްޖޭގެ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.މިމަސައްކަތައް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކާއި،އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި،ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނު (01/2003) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.
ވީމާ މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަކުރެއްވުމަށްފަހު 31 ޖެނުއަރީ 2024 ވަނަދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީކޮށްދެވޭނެއެވެ.
އަދި ބީލަން ބަލައިގަތުން ، ހުޅުވުން އޮންނާނީ 2024 ފެބުރުވަރީ 7 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގެ މީޓިންގްރޫމުގައެވެ.ބީލަންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ.ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި،އިޢުލާން ނަމްބަރާއި،ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.ބީލަން ހުށަހަޅާދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހުގެ 13:00ގައެވެ.
އަދަދު |
ތަފްސީލް |
20 |
ރޯލް ފެންސްނެޓް 2 އިންޗި '6 '50 ގެ |
މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ފޭދޫ ކައުންސިލްގެ އިދާރާ |
ފޯނުނަމްބަރ. |
ވެބްސައިޓް |
އީމެއިލް |
6540045 |
www.feydhoo.gov.mv |
މި އިޢުލާނާއިއެކު ބިޑްރަޖިސްޓްރީ ކުރާފޯމާއި ބިޑްހުށަހަޅާފޯމް އާންމުކުރެވިފައި ވާނެއެވެ.