މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ )/ އެމް.ޑީ. ބިއުރޯ

ޝަރުޠު: 

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން އިނގިރޭސިއާއެކު 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • ބޭސިކް ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން. (މައިކްރޯ ސޮފްޓް އޮފީސް ޕެކޭޖް)

އުމުރު: 18 އާއި 30 އަހަރާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ކުންފުޏާއި ހަވާލުވެގެން ހުންނަ ފަރާތަށް ސެކްޓްރިއޭޓް ޚިދުމަތްދިނުން.
  • ކުންފުޏާ ހަވާލުވެގެން ހުންނަ ފަރާތުގެ އެޕޮއިންމަންޓް ހައްދައި ބެލެހެއްޓުން.
  • ކުންފުންނަށް ލިބޭ ސިޓީ ފަދަ އެކިއެކި ރަސްމީ ލިޔެކިއުންތައް ލޮގްކޮށް ފޮނުވަން ޖެހޭ ޑިޕާޓްމަންޓް/ސެކްޝަނަތަކަށް ފޮނުވުން.
  • ކުންފުނީގެ މުހިއްމު ނިންމުންތަކާބެހޭ ލިޔެކިއުންތައް ކޮމްޕެނީގެ އިންޗާރޖްގެ ސަމާލުކަމަށް ގެނައުން. އަދި ނިމުނުގޮތް ޑިޕާޓްމަން/ސެކްޝަންތަކަށް އެންގުން.

މުސާރައާއި އިނާޔަތްތައް:

  • މުސާރައާއި އެލަވަންސް މަހަކު -/12,000 އާއި -/10,000 ރުފިޔާއާ ދެމެދު.
  • ހަމަޖެހިފައިވާ އުސޫލުގެ މަތިން ކުންފުނީގެ ހެލްތު އިންޝުއަރަންސް ލިބޭނެއެވެ.

މަޤާމު: އާކިޓެކްޓް

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ ޕްރޮޖެކްޓް އެންޑް ޕްލޭނިންގ

ޝަރުޠު:

  • ޑިގްރީ އިން އާކިޓެކްޗަރ ނުވަތަ އާކިޓެކްޗަރަލް ސައިންސް ނުވަތަ ގުޅޭ ދާއިރާއަކުން ޑިގްރީ ހަދާފައިވުން.
  • ގުޅޭ ދާއިރާއަކުން 03 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އުމުރު: 20 އާއި 30 އަހަރާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ޑިޕާޓްމަންޓް ހެޑް ނުވަތަ މެނޭޖަރ އަންގާގޮތަށް އެއަރޕޯޓާ ގުޅުންހުރި އިމާރާތްތަކުގެ އާކިޓެކްޗަރަަލް ޕްލޭނާއި، އިންޖިނިއަރިންގ ޕެލޭނާއި، އިންފްރާސްޓްރަކްޗަރ ޕްލޭން ތައްޔާރުކުރުން.
  • ލޭންޑްޔޫސް ޕްލޭން ތައްޔާރުކުރުމާއި، ލޭއައުޓް ޕްލޭނާއި ކޮންސެޕްޓް ޕްލޭން ތައްޔާރުކުރުމާއި އަދި އިންޖިނިއަރުންގެ އިރުޝާދާ އެއްގޮތަށް އިންފްރާސްޓްރަކްޗަރގެ ސާރވޭ ޑްރޯވިންގތައް ތައްޔާރުކުރުން.
  • ބޭނުންވެއްޖެ ހިދެއްގައި އިމާރާތްތަކާއި އެހެނިހެން ބިނާތަކުގެ އާކިޓެކްޗަރަލް ޑްރޯވިންގްތައް ފޯރުކޮށްދިނުން. އަދި މިކުރެހުންތައް ޑްރާފްޓްމަން ތައްޔާރުކޮށްފައިވަނީ ބޭނުންވާ ފެންވަރަށްތޯ ބެލުން.
  • ޓެންޑާރ ލިޔެކިޔުންތަކަށް ބޭނުންވާ ކޮސެޕްޓް ޕްލޭންނާއި ޑީޓެއިލް އާކިޓެކްޗަރަލް ކުރެހުން ތައްޔާރުކުރުން.
  • ކޮންޓްރެކްޓަރަށް ސަބްމިޓްކުރާ އާކިޓެކްޗަރަލް ކުރެހުންތައް ޗެކްކޮށް ވެލިޑް ކުރުން.  

މުސާރައާއި އިނާޔަތްތައް:

  • މުސާރައާއި އެލަވަންސް މަހަކު 13,000 އާއި 11,000 ރުފިޔާއާ ދެމެދު.
  • ހަމަޖެހިފައިވާ އުސޫލުގެ މަތިން ކުންފުނީގެ ހެލްތު އިންޝުއަރަންސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސީވީއާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  
  • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
  • 3 މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓު

ކުރިމަތިލުމުގެ ސުންގަޑި: 08 އެޕްރީލް 2015ގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު: ފޯނު – 3325511 

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015
ހޯދާ