ދިވެހިރާއްޖެ
އިޢުލާން
އދ.އޮމަދޫ ލޭންޑްޔޫޒް ޕްލޭންގެ 71 ވަނަ ނަންބަރުގައިވާ 04 ބިމުގެ ތެރެއިން 2500 އަކަފޫޓްގެ 01 ބިން 25 އަހަރަށް ކުއްޔައް
ނަގާނެ ފަރާތެއް ހޯދުމަށް.
މިރަށު ލޭންޑް ޔޫޒް ޕްލޭންގެ 71 ވަނަ ނަންބަރުގައިވާ 04 ބިމުގެ ތެރެއިން 01 ބިން 25 އަހަރުގެ
މުއްދަތަށް ކުއްޔަށް ހިފާނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)348-EM/348/2023/132 (2023 ޑިސެމްބަރ 11) އިޢުލާނާއި
ގުޅިގެން އެއްވެސް ފަރާތަކުން ހުށައަޅާފައި ނުވާތީ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ބިން ކުއްޔަށް ދިނުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލާއި ގުޅޭގޮތުން މަޢުލޫމާތު ހޯދުމަށް 2024 ޖަނަވަރީ 28 ން
ފެށިގެން 2024 ފެބްރުއަރީ 8 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި އީމެއިލް މެދުވެރިކޮށް ހުށައެޅުން އެދެމެވެ.
އީމެއިލް:[email protected]
ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 2024 ޖަނަވަރީ 28 ން ފެށިގެން 2024 ފެބްރުއަރީ 8
ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރެޖިސްޓްރީވުން އެދެމެވެ.
ރެޖިސްޓްރީވުމަށް: https://forms.office.com/r/mTnwPfuP9n
ބިން ހޯދުމަށް އެދި ޕްރޮފޯސަލް ހުށައެޅުމުގެ ސުންގަޑިއަކީ 2024 ފެބްރުއަރީ 27 ވާ އަންގާރަ ދުވަހުގެ 10:00 އެވެ. ޕްރޮޕޯސަލްތަށް
ހުޅުވުން އޮންނާނީ 2024 ފެބްރުއަރީ 27 ވާ އަންގާރަ ދުވަހުގެ 10:05 ގައި ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައި ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އަދި ރަޖިސްޓްރީ ކުރާ ފަރާތުން ޕްރޮޕޯސަލް ހުށައެޅުމަށް ހާޒިރުވެވެން ނެތްނަމަ އެކަން ލިޔުމަކުން އެންގުން އެދެމެވެ. ހުށައަޅާ ލިޔުމުގައި ބަދަލުގައި ފޮނުވާ މީހާގެ
މަޢުލޫމާތު ހިމެނުމަށްފަހު އެފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށައަޅަންވާނެއެވެ.
މިބިން ކުއްޔައް ދިނުމަށް މިއިދާރާއިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުގެ މަތިން ޕްރޮޕޯސަލް ތައްޔާރުކޮށް ހުށައެޅުންއެދެމެވެ. ހުށައަޅާފައިވާ
ޕްރޮޕޯސަލްގައި ފުރިހަމަކުރަންޖެހޭ އެއްވެސް މަޢުލޫމާތެއް ފުރިހަމަ ނުވާނަމަ އެ ޕްރޮޕޯސަލް ބާތިލް ވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.