ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2 ހަޓް މަރާމާތް ކުރުމާއިގުޅޭ
ބަނދަރުގެފަރާތުގައިވާ 2 ހަޓް މަރާމާތް ކުރުމާއިގުޅޭ
ބަނދަރުގެ ފަރާތުގައިވާ 2 ހަޓް އަމިއްލަ ތަކެތީގައި މަރާމާތް ކުރުމަށް ބޭނުންވެއްޖެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހު 13:00 ށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ދެވޭ މައުލޫމާތު
- ދެ ހަޓް ސީލިން ކުރުން – އެތެރޭގެ ސީލިންގް އަސްކަނި ސީލިންގް ކުރަންވާނީ 6އެމް.އެމް ސިމެތި ފިލާއިން، ސީލިންގް ފްރޭމް ގައި 2 ފޫޓުން ފައިދޮއް އެޅުން، ސީލިންގް ފިލާ ހަރުކުރުމަށް ''50.'1 އިންޗިން އިސްކުރޫ ޖެހުން ސީލިންގް ބެއްދުންތަކުގައި ޕްޓީއަޅާ ގާނާފައި ހުންނަންޖެހޭނެއެވެ.
- ދެ ހަޓުގައި ދިޔަދޮވި ހަރުކުރުން (ދިޔަދޮވީގެ ކުލަ ފެހި) ދިޔަދޮވީގައި ފެން ހޮޅި ހަރުކުރުން، (2.50 އިންޗް މީޑިއަމް ސައިޒް)
- ދެ ހަޓުގެ ސީލިންގް ގައި 2 ޑައުންލައިޓް (12ވޯޓް) އޮޓޯސްވިޗާއިއެކު ހަރުކުރުން
- ދެ ހަޓުގެ އެތޭގައި އިށީންދެވޭ ގޮތަށް ވަށައިގެން އަށި ހަދައި (އުސްމިން ''50.'2 ފުޅާމިން ''50.'1) ހުދު މުށިޖެހުން
މާކުސް ދެވޭނެ މިންގަޑު
- އަގު: %70 (އަގަށް މާކުސްދިނުން: މިބަޔަށް އެންމެ މަތީ މާކުސް ލިބޭނީ އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށެވެ. ޖީއެސްޓީ ރަޖިސްޓްރީ ކޮއްފައިވާ ފަރާތެއްނަމަ އަގު ހުށަހަޅާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
- މުއްދަތު: %20 މުއްދަތަށް މާކުސްދިނުން: މިބަޔަށް އެންމެ މަތީ މާކުސް ލިބޭނީ އެންމެ ކުރުމުއްދަތެއްގައި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތަކީ އެންމެ މަތިން މާކުސް ލިބޭ ފަރާތްކަމުގައި ބަލައިގެންނެވެ.
- ފަންނީގާބިލުކަން/ތަޖުރިބާ: ފަންނީގާބިލުކަމަށް މާކުސްދިނުން: މިބަޔަށް މާކުސް ދިނުމުގައި ބަލާނީ ވޭދުވެދިޔަ 03 އަހަރު ދުވަހުގެ ތެރޭގައި މަތީގައިވާ އަންދާސީ ހިސާބު ހުށަހެޅުމަށް ދެވުނު މައުލޫމާތުގައިވާ މަސައްކަތް ކޮށްފައިވާނަމަ މަސައްކަތްކުރިކަން އަންގައިދޭ ރިފަރެންސް ލިޔުންތަކަށް ބަލައިގެން ކޮންމެ ލިޔުމަކަށް 2 މާކުސް. އެންމެ ގިނަވެގެން ދެވޭނީ 5 ލިޔުމަށް 10 މާކުސް
28 ޖަނަވަރީ 2024
ހޯދާ