ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖަޕަނީސް ލޭންގުއޭޖް ބޭސިކް ކޯސް

މި ފެކަލްޓީގެ އިއުލާން ނަންބަރ MNU-FA/IUL/2024/01 ގައި ވާ ބައެއް މަޢުލޫމާތު ބަދަލުވެފައިވާތީވެ އަލުން "ޖަޕަނީސް ލޭންގުއޭޖް ބޭސިކް" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ދިވެހިރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީގެ އެހީތެރިކަމާއެކު މި ފެކަލްޓީއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޖަޕަނީސް ލޭންގުއޭޖް ބޭސިކް" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ނަމަވެސް އިސްވެ ދެންނެވުނު ނަންބަރު ޢިއުލާނާއިގުޅިގެން ފޯމު ހުށަހެޅުއްވި ފަރާތްތަކުން އަލުން ފޯމު ހުށަހަޅުވަން ނުޖެހޭނެއެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑި:

2024 ފެބުރުވަރީ 11 ވަނަ ދުވަހުގެ 23:59

ކޯސް ފެށޭ ތާރީޚު:

2024 ފެބުރުވަރީ 18

ކޯސް ހިންގޭނެ ގޮތް:

ކުލާސްތަކަށް ހާޒިރުވެގެން

ކޯހުގައި ކިޔަވައިދޭނެ ދުވަސްތަކާއި ވަޤުތުތައް:

ހޯމަ އަދި ބުދަ ދުވަހުގެ މެންދުރު 15:00ން 17:00ށް

ޖާގައިގެ ޢަދަދު:

30

މުއްދަތު:

12 ހަފުތާ

އުމުރުފުރާ:

12 އަހަރުން މަތި

ފޯމުގެ ލިންކު:

t.ly/Hg8GE

ކޯސް ފީ:

-/900

 

މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ. 

29 ޖަނަވަރީ 2024
ހޯދާ