ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

މަޤާމް:

ލައިބްރޭރިއަން

 

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ޣާޒީ ސްކޫލް، ހުޅުމާލެ

ގިންތި / ސެކްޝަން:

ދާއިމީ / އެޑްމިން ސެކްޝަން

މުސާރަ:

6295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

މަޤާމް ނަންބަރު:

243400

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސްކޫލުން ހަމަޖައްސާ ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތިން ސްކޫލަށް ހާޒިރުވުން.
  • ސްކޫލުގެ ލައިބްރަރީ ފޮތްތަކުގެ އިންވެންޓްރީ ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިއުމާއެކު، ފޮތްތަކުގައި ނަންބަރުޖަހައި ސެލޯފޭންލައި ބެލެހެއްޓުން.
  • ހަމަޖެހިފަވާ އުޞޫލުގެމަތިން ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނަށް ފޮތްދޫކޮށް، ދުވަހުން ދުވަހަށް ރިކޯޑް ބެލެހެއްޓުން.
  • ސްކޫލުން ހަމަޖައްސާފައިވާ ލައިބްރަރީ ގަވާއިދަށް ދަރިވަރުން އަހުލުވެރިކުރުމަށްޓަކައި އުޞޫލުތަކުގައި ހިފެހެއްޓުން.
  • ލައިބުރަރީ ކުލާސްތައް ފުރިހަމަކޮށްގެންދިއުމަށް ލައިބުރަރީ ކުލާސްތަކުގައި ޓީޗަރުންނަށް އެހީތެރިވުން.
  • ލައިބްރަރީ  ފޮތް  ރިޓާން  ނުކުރާ  ދަރިވަރުންގެ  މަޢުލޫމާތު، ކުލާސް ޓީޗަރުންނަށްދީ، އެ ފޮތެއް  ރިޓާންކުރަންޖެހޭ  ޑިއުޑޭޓް  ހަމަވާތާ 1 ހަފުތާގެ ތެރޭގައި އެ ފޮތެއް ހޯދުން.
  • ސްކޫލުން ރާވައިގެން ހިންގާ ޕްރަގްރާމްތަކުގައި ސްކޫލުން އަންގާ ގޮތެއްގެ މަތިން ސްކޫލަށް އެހީތެރިވެދިނުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރަށްވެސް، ކުއްލިއަކަށް ދިމާވާ އެކިއެކި ކަންކަމުގައްޔާއި އެހީތެރިކަމަށް ބޭނުންވާ ދަނޑިވަޅުތަކުގައި އެ ވަގުތުގައި ހަވާލުވެ ހުންނަވާ ވެރިއެއްގެ އިރުޝާދުގެދަށުން، އެއްބާރުލުން ދިނުމަކީ ސަރުކާރުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެކެވެ.
  • ހަމަ އެހެންމެ، ހެދިފައި އޮންނަ ޤާނޫނާއި ޤަވާދާ އެއްގޮތްވާގޮތުގެ މަތިން އެވަގުތަކު ހަވާލުވެ ހުންނަވާ ވެރިއަކު އަންގަވާގޮތަކަށް ޢަމަލުކުރުމަކީވެސް ކޮންމެ މުވައްޒަފެއްގެ ޒިންމާއެކެވެ.

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

އެމް. އެސް. 2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތާ  ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތާ  ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

އިތުރުގަޑީގެ ފައިސާ: 

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

އިންޓަވިއުކުރުން:

  • މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށް ފަހުގައެވެ. މި މަޤާމަށް މީހުން ހޮވުމަށް އިންޓަވިޔު އޮންނާނީ، 2015 އެޕްރީލް 14 ވާ އަންގާރަ ދުވަހުއެވެ.
  • މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށް ފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިޔުކުރެވޭނީ ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
  • މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2015 އެޕްރީލް 13 ވާ ހޯމަދުވަހުގެ މެންދުރުފަހު 15.00 ގެ ކުރިން، ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު ޣާޒީ ސްކޫލުގެ އެޑްމިން އޮފީހަށް ހުށަހެޅުން އެދެމެވެ. 

އިތުރު މަޢުލޫމާތު:މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ޣާޒީ ސްކޫލުގެ 3350744 ނަންބަރު ފޯނަށް ނުވަތަ 0773335 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

17 ޖުމާދަލްއާޚިރާ 1436

06 އޭޕްރިލް 2015
ހޯދާ