ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ ބެރިއަރ ގޭޓް ސިސްޓަމެއް ވިއްކާނެ ފަރާތެއް ހޯދުން

އިޢުލާނު

މި އޮފީހަށް ބޭނުންވާ ބެރިއަރ ގޭޓް ސިސްޓަމެއް ވިއްކާނެ ފަރާތެއް ހޯދުން 

މި އޮފީހަށް ބޭނުންވާ ބެރިއަރ ގޭޓް ސިސްޓަމެއް ވިއްކާނެ ފަރާތެއް ހޯދުމަށް 11 ޖަނަވަރީ 2024 ގައި ކުރި، މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2024/5 އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޝަރުތު ހަމަނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

މި ގޭޓް ސިސްޓަމް ވިއްކުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް، 2024 ފެބުރުވަރީ 1 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މި އިޢުލާނުގައިވާ އީ-މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ، އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީ ވުމަށް ފޮނުވާ އީ-މެއިލްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީ-މެއިލް:

ފޯނު ނަންބަރު:

ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2024 ފެބުރުވަރީ 1 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2024 ފެބުރުވަރީ 6 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. 

17 ރަޖަބު 1445

28 ޖަނަވަރީ 2024
ހޯދާ