އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ ސަންސެޓް ބީޗް ތަރައްޤީކޮށްދިނުމުގެ މަސައްކަތްތައް ކޮށްދޭން ފަރާތެއް ހޯދަންބޭނުންވެއްޖެ

އދ.މަންދޫ ސަންސެޓް ބީޗް ތަރައްޤީކޮށްދިނުމުގެ މަސައްކައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރު: (IUL)351/351/2024/1 (15 ޖަނަވަރީ 2024) އާއި ގުލިގެން ހުށަހެޅި ބިޑުތަކުގެ އަގުތައް އެކަށީގެންވާވަަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެބިޑު ބާތިލްކޮށް އދ.މަންދޫ ސަންސެޓް ބީޗް ތަރައްޤީކޮށްދިނުމުގެ މަސައްކައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ފުރުޟަތު ހުޅުވާލަމެވެ.

       އދ. މަންދޫ ސަންސެޓް ބީޗު ތަރައްޤީކުރުމުގެ މަސައްކަތް، މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 01 ފެބްރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ދުރުވެ ނުވަތަ ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 05 ފެބްރުވަރީ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ބީލަންފޯމް ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ކަރުދާހާއި އަދި ބީލަންފޯމު މި އިޢުލާނާއިއެކު ގެޒެޓުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެ، ކެނޑުން އޮންނާނީ 05 ފެބްރުވަރީ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގައި އަގުހުށަހަޅާ ފަރާތްތަކުގެ ހާޟިރު ގައެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.

                  ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖަނަވަރީ 2024
ހޯދާ