ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ވެބްސައިޓް ތަރައްޤީ ކުރުމަށް ކޮންސަލްޓެންޓެއް ހޯދުމަށް

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު

ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ހަރުދަނާ ކުރުން

މަސައްކަތް: ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ވެބްސައިޓް ތަރައްޤީ ކުރުމަށް ކޮންސަލްޓެއްޓެއް

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ހަރުދަނާކޮށް އިތުރަށް ތަރައްގީކުރުމަށްޓަކައި ވާރލްޑް ބޭންކް ޓްރަސްޓް ފަންޑް  TF013570ފ:TFSCB Grant Noގެ ދަށުން ލިބިފައިވާ އެހީގެ ދަށުން ކޮންސަލްޓަންޓެއްގެ އެހީ ހޯދުމަށް ބޭނުންވެއެވެ.

މި ކޮންސަލްޓެންޓީގެ ދަށުން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ވެބްސައިޓް މެދުވެރިކޮށް ތަފާސްހިސާބު ބޭނުންކުރާ ފަރާތްތަކަށް ފަސޭހައިން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް މަގުފަހިކޮށް، ގްރެފިކްސް ފަދަ މުޢާމަލާތުކުރަން ފަސޭހަ ގޮތްތަކަށް ތަފާސްހިސާބު ވެބްސައިޓްގައި ލިބެންހުރުމާއެކު މިހާރުގެ ވެބްސައިޓް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ބޭނުންވެއެވެ.

މި ކޮންސަލްޓެންޓީގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު މިތަނުގެ ވެބްސައިޓް www.planning.gov.mv އަދި www.statisticsmaldives.gov.mv ގައި ޝާއިޢުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސްގައި ހިމަނާފައިވާނެއެވެ. މި މަސައްކަތަށް ހޮވޭ ފަރާތެއް މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައެވެ. އަދި މި މަސައްކަތް 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ހަވާލުކުރެވޭ މަސައްކަތް ނިންމަންވާނެއެވެ.

މިކަމަށް ފަރާތެއް ހޮވޭނީ ވާރލްޑްބޭންކްގެ ("Guidelines: Selection and employment of Consultants under IBRD Loans and IDA Credits & Grants by World Bank Borrowers – January 2011 ("Consultant Guidelines) ގެ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުން 15 މާރިޗު 2015 ވަނަ ދުވަހުގެ 3:00 ގެ ކުރިން ސިޓީއަކުން، އީމެއިލުން ނުވަތަ ފެކްސްއިން ތިރީގައި މިވާ ތަކެތި ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

1- ވަނަވަރުގެ އިލެކްޓްރޯނިކް / ދެލިކޮޕީއެއް

2- ޓީ އޯ އާރ ގައިވާ ފަދައިން މި މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް

3- މަސައްކަތް ފެށިދާނެ އެންމެ އަވަސް މުއްދަތެއް

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު އޮފީސް ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 8:00 ން ހަވީރު 3:00 އާ ދޭތެރޭ މިތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

ޢާއިޝަތު ޝަހުދާ (ޗީފް ސްޓެޓިސްޓީޝަން)

5ފިނޭންސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ، އަމީނީ މަގު، 20379

މާލެ' ދިވެހިރާއްޖެ

ޓެލެފޯން: 9434 334 960 00

ފެކްސް: 7351 332 960 00

އީ-މެއިލް: [email protected] , [email protected]

06 އޭޕްރިލް 2015
ހޯދާ