ދިވެހިރާއްޖެ
c
އަރިއަތޮޅު ދެކުނުބުރީ މާމިގިލި މެޖިސްޓްރޭޓް ކޯޓު
އދ. މާމިގިލި
ދިވެހިރާއްޖެ
ނަންބަރު: I10C-A/2024/4
އިޢުލާން
ޝަރުޢީ އަގުކޮމެޓީގެ މެންބަރުންގެ ދަފްތަރެއް ޤާއިމްކުރުން
މި ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ތަންތަނާއި، ތަކެތީގެ ޝަރުޢީ އަގުކުރުމަށް އަގު ކޮމެޓީގެ މެންބަރުންގެ ދަފްތަރެއް ޤާއިމުކުރަން ބޭނުންވެއްޖެއެވެ.
ކޯޓުން އެވަގުތަކު އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރެވޭނީ، އަގުކޮމެޓީގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް މީހުން ހިމަނައިގެން 03 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ އަގުކޮމެޓީ އަކުންނެވެ. އަގުކުރުމުގެ މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300ރ.(ތިންސަތޭކަ ރުފިޔާ) ގެ އުޖޫރައެއް ދެވޭނެއެވެ.
ވީމާ، މިކޯޓުގެ އަގު ކޮމެޓީގެ މެންބަރުންގެ ދަފްތަރުގައި ރަޖިސްޓަރީވެލައްވަން ޝައުޤުވެރިވާ ފަރާތްތަކުން، މި ކޯޓުން ދޫކުރާ "އަގުކޮމެޓީގެ މެންބަރުކަމަށްވުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު، 06 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
17 ރަޖަބް 1445
28 ޖަނަވަރީ 2024