މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަކުރިސްލޯންޗަށް 2 އިންޖީނު ހޯދުމާބެހޭ

ރ. އަތޮޅު ކައުންސިލް އިދާރާގެ އަކުރިސްލޯންޗަށް 2 އިންޖީނު ހޯދުމާބެހޭ

މި އިދާރާގެ އަކުރިސްލޯންޗްގެ އިންޖީނު ބަދަލުކުރުމަށްޓަކައި 250 ހޯސްޕަވަރުގެ 4 ސްޓްރޯކް 2 އިންޖީނު ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު IUL)229-IED/229/2015/12)ފ(08 މާރިޗު 2015) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް، 250 ހޯސްޕަވަރުގެ 4 ސްޓްރޯކް 2 އިންޖީނު ހޯދަން ބޭނުންވެއެވެ.

ވީމާ، އިންޖީނުގެ އަގުގެ ½ ދެއްކުމަށްފަހު ބާކީ ދައްކަންޖެހޭބައި 6 މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގައި ދައްކާގޮތަށް 250 ހޯސްޕަވަރުގެ 4 ސްޓްރޯކް 2 އިންޖީނު ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 12:00 އަށް މިއިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.

އަދި އިންޖީނު ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2 އިންޖީނަށް ވޮރެންޓީ ދެވޭނެ މުއްދަތަކާއި، އެޑްވާންސް ޕޭމަންޓަށްފަހު ގުރޭސްޕީރިއަޑެއް ދެއްވާނަމަ އެކަމުގެ މަޢުލޫމާތާއި، ބާކީ 2 އިންޖީނަށް މަހަކު ދައްކަންޖެހޭނެ ފައިސާގެ ތަފުސީލުޝީޓެއް އަގު ހުށަހަޅުއްވާއިރު ހުށަހެޅުއްވުން އެދެމެވެ. އަދި ވިއްކުމަށް ބޭނުންފުޅުވާ އިންޖީނާބެހޭ ފުރިހަމަ މަޢުލޫމާތުގެ ތަފުސީލެއް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

12 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015
ހޯދާ