ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ރެސްޓޯރަންޓް)

 މަޤާމު:

 އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ރެސްޓޯރަންޓް)

 ބޭނުންވާ އަދަދު

 01 (އެކެއް)

 މަސައްކަތް ކުރަންޖެހޭ ތަން

 ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ކައްދޫ އެއަރޕޯޓް އޮފީސް

 މަޤާމުގެ ޝަރުޠު:

  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.  އަދި ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން.  ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހު އުޅެ  ތަޖުރިބާ ލިބިފައިވުން.
  • އަދި، މައިކްރޯސްފްޓް އޮފީސް އަށް އަހުލުވެރި މީހެއްކަމުގައިވުން.

 މަޤާމުގެ މައިގަނޑު   މަސްއޫލިއްޔަތު:

  • ރެސްޓޯރަންޓާއި ޝޮޕްގެ އިދާރީ މަސައްކަތްތައް ކުރުން.
  • ޑިޕާޓްމަންޓްގެ މެންޑޭޓްގައި ހިމެނޭ އެންމެހާ މަސައްކަތްތަކުގާ ޑިޕާޓްމަންޓްގެ ހެޑަށް އެހީތެރިވުން
  • ރެސްޓޯރަންޓާއިޝޮޕްގެ ބަޖެޓް ތައްޔާރު ކުރުމުގައި އެހީތެރިވުން
  • ރެސްޓޯރަންޓާއި ޝޮޕަށް ބޭނުންވާ ތަކެތި ހޯދުމުގެ އިދާރީ މަސައްކަތް ކުރުން
  • އެޗް.އާރ. ސިސްޓަމް އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ރެސްޓޯރަންޓާއި ޝޮޕްގެ މުވައްޒަފުންނާ ގުޅޭ އިދާރީ މަސައްކަތްތައް ބެލެހެއްޓުން
  • ރެސްޓޯރަންޓާއި ޝޮޕްގެ އެންމެހާ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން
  • މި ބަޔާންކުރި މަސައްކަތްތައްކުގެ އިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ޤަވާއިދާ ޚިލާފުނުވާނޭހެން، މަސައްކަތުގެ މާހައުލުގައި ކުންފުނިން އަންގާ މަސައްކަތްތައް ކުރުން

 ވަޒީފާއަށް އެންމެ ގާބިލްފަރާތެއް   ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

 މުސާރައާއި އިނާޔަތްތައް:

  • އަސާސީ މުސާރަ: 2800.00 ރުފިޔާ
  • ސަރވިސް އެލަވަންސް: 1934.40 ރުފިޔާ
  • އެހެނިހެން ފިކްސްޑް އެލަވަންސް: 3265.60 ރުފިޔާ
  • ސަރވިސް ޗާޖް: ހަމަޖެހިފައިވާ އުސޫލުން
  • އިތުރުގަޑި:  ހަމަޖެހިފައިވާ އުސޫލުން

 ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް ކައްދޫ އެއަރޕޯޓް އޮފީހުން އަދި މި ކުންފުނީގެ ވެބްސައިޓް www.kacl.aero އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
  • ލިބިފައިވާ ތަމްރީން / ތަޖުރިބާ އަންގާދޭ ލިޔުން (މަޤާމުގެ މަސައްކަތާގުޅޭ)
  • ޕޮލިސް ރިޕޯޓު (3މަސް ދުވަސް ހަމަނުވާ)
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯ (3މަސް ދުވަސް ހަމަނުވާ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)

 

 ސުންގަޑި:

 2024 ފެބްރުއަރީ 03 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން

 އިންޓަރވިއުކުރުމާއި   ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 7940704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ  /email: [email protected]ކައްދޫ އެއަރޕޯޓް އޮފީސް / ލ.ކައްދޫ ނުވަތަ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ހެޑްއޮފީސް، މިނިސްޓްރީ އޮފް ޑިފެންސް / ބަންޑާރަކޮށްޓަށެވެ. ފޯމު ބަލައި ގަންނާނީ ހެނދުނު 09.00 އިން 14.00 އަށެވެ.
27 ޖަނަވަރީ 2024
ހޯދާ