ދިވެހިރާއްޖެ
ފ. މަގޫދޫގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ޑިޒައިންކުރުމުގެ ފުރުޞަތު ހުޅުވާލުން:
ރަށަށް ލަފާފުރާ މީހުންނަށް ފެންނާނެހެން، ރަށުގެ ބަނދަރު ސަރަޙައްދުގައި (ބޮޑުގާ ސަރަޙައްދުގައި) ރަށުގެ ނަން ރަމުޒްކޮށްދޭ މޮނިއުމެންޓެއް ހެދުމަށް ބޭނުންވާތީ އެމޮނިއުމަންޓް ޑިޒައިން ކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. ވީމާ، ޑިޒައިން ހުށަހެޅުމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ މޮނިއުމެންޓް ފަރުމާކުރުމުގެ މިންގަނޑުތަކާއި އެއްގޮތަށް ލިޔެކިޔުންތައް ހުށަހެޅުން އެދެމެވެ. ޑިޒައިން ހުށައަޅާ ފަރާތްތަކުގެ ތެރެއިން ރަށުގެ ކުލަބް ޖަމްޢިއްޔާތަކަށް އިސްކަން ދެވޭނެއެވެ.
މޮނިއުމެންޓްގެ ޑިޒައިން ހުށައަޅާއިރު ބަލަންޖެހޭ ކަންތައްތައް:
- ހުށަހަޅާ ޑިޒައިނަކީ މީގެ ކުރިން ބޭނުންކުރެވިފައި ނުވަތަ މުބާރާތެއްގައި ބައިވެރިކޮށްފައިވާ ޑިޒައިނެއް ކަމުގައި ނުވުން.
- މަގޫދޫގެ ސަޤާފަތާއި އަދި މިނޫންވެސް ރަށް މަޝްހޫރުވެފައިވާ ކަންކަން ނުވަތަ ކަމެއް ރަމްޒުކޮށްދޭ ޑިޒައިނެއް ކަމުގައިވުން.
- ހުށަހަޅާ ޑިޒައިނަކީ އުފެއްދުންތެރި، އަމިއްލަވަންތަ ޑިޒައިނެއް ކަމުގައިވުން.
- އެހެން މޮނިއުމެންޓެއް އަސްލަކަށް ބަލައިގެން ފަރުމާކުރާނަމަ އެމޮނިއުމެންޓްގެ ކޮޕީ އާއި ތަފްސީލު ހުށަހެޅުން.
- މަގޫދޫވަންތަކަން ރަމްޒުކޮށްދިނުން.
ޑިޒައިން ފަރުމާކޮށް ހުށަހަޅަންޖެހޭ ފޯމެޓް:
- މޮނިއުމެންޓް ޑިޒައިންގެ ރޯ (RAW) ފައިލް ހުށަހަޅަންވާނެއެވެ. (ޑިޒައިން ފަރުމާކޮށްފައިވާ އެޕްލިކޭޝަންގެ ޑިފޯލްޓް ފޯމެޓް)
- ޑިޒައިން ގްރޭ-ސްކޭލް އަދި ކުލަކޮށް އޮންނަ ޕީ.ޑީ.އެފް ފައިލްއެއް ހުށަހަޅަންވާނެއެވެ. އަދި ޑިޒައިންގެ ޕީ.ޑީ.އެފް (PDF) ފައިލު ފޯމެޓް (10MB) އަށް ވުރެ ކުޑަވާން ޖެހޭނެއެވެ.
އެހެނިހެން ސްޕެސިފިކޭޝަންތަކާއި ހުށަހަޅަންޖެހޭ ކަންކަން:
- މޮނިއުމެންޓެގެ ޑިޒައިންގައި "F.MAGOODHOO" އިނގިރޭސި ބަހުން ލިޔެވިފައި އޮންނަންވާނެއެވެ.
- މޮނިއުމެންޓްގެ އަކުރު ތަކުގެ ފޮންޓުގެ ގޮތުގައި ބޭނުން ކުރަންވާނީ ކިޔާލަން ފަސޭހަ އަދި ރީތި ފޮންޓެވެ.
- މޮނިއުމެންޓްގެ މުޅި އަކުރު ތަކުގެ ސައިޒަކީ (32 ފޫޓް ދިގު، އަކުރެއްގެ ބޯމިން 6 އިންޗް)
- މޮނިއުމެންޓް ޑިޒައިން ފަރުމާގައި ބޭނުންކުރާ ކުލަތަކުގެ ކޯޑު އަދި ބޭނުންކުރެވިފައިވާ ކުލަތަކުގެ މުރާދު ކުރު ލިޔުމަކުން ބަޔާންކުރަންވާނެއެވެ.
- ހުށަހަޅާ ޑިޒައިނަކީ މޮނިއުމަންޓް ހެދުމުގައި އާންމުކޮށް ބޭނުންކުރާ މެޓީރިއަލްތަކުން ހެދޭނެ ފަދަ ޑިޒައިނަކަށްވާންވާނެއެވެ.
- މޮނިއުމެންޓް ޑިޒައިންގައި ހިމަނާފައިވާ ކުލަތަކުގެ RGB ކަލަރ ކޯޑްތައް އެނގެންހުންނަންވާނެއެވެ.
- ފަރުމާ ކުރެވިފައިވާ މޮނިއުމެންޓްގެ ޑިޒައިން ފ. މަގޫދޫއާއި ގުޅުންހުރި ގޮތް ކުރު އިބާރާތްކޮޅަކުން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
- ބައިވެރިވާ ފަރާތްތަކަށް މޮނިއުމެންޓްގެ އެއް ޑިޒައިނަށް ވުރެ ގިނަ ޑިޒައިން ހުށައެޅިދާނެއެވެ.
ހުށަހަޅާ ޑިޒައިނަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް:
- މޮނިއުމެންޓް ޑިޒައިން ހެދިފައިވަނީ މަތީގައި ބަޔާންވެފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ފާސްކުރެވޭނެއެވެ. ޑިޒައިންގެ ފަރުމާތަކަށް އިންސާފު ކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކުރުމަށްފަހު، މަގޫދޫ ކައުންސިލުން މިކަމަށް އެކުލަވާލާ ކޮމިޓީއަކުންނެވެ.
- ހުށަހަޅާ ޑިޒައިންއަށް މާކްސް ދިނުމުގައި ޑިޒައިންގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ (ކޮމްޕޮޒިޝަން)، މިރަށުގެ ސިފަތައް ރަމްޒުކޮށްދޭ މިންވަރު، އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމަށް ބެލޭނެއެވެ.
ބަލާނެ މިންގަނޑު |
މާކްސް |
ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު |
35 މާކްސް |
އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން |
25 މާކްސް |
އަމިއްލަވަންތަކަން |
20 މާކްސް |
ފ. މަގޫދޫގެ ސިފަތަކާއި ޘަޤާފަތް ދައްކުވައިދޭ މިންވަރު |
20 މާކްސް |
އެއްވަނައަށް ހޮވޭ ޑިޒައިން:
- އެއްވަނައަށް ހޮވޭ ފަރާތަށް އީމެއިލް ނުވަތަ ފޯނުގެ ޒަރީޢާއިން އެންގޭނެއެވެ.
- އެއްވަނައަށް ހޮވޭ ޑިޒައިން ހުށަހެޅުއްވި ފަރާތަކަށް ލިބޭ އިނާމަކީ -/5000 (ފަސްހާސް) ރުފިޔާއެވެ.
- އެއްވަނައަށް ހޮވޭ ޑިޒައިންގެ ފުރިހަމަ ކޮޕީރައިޓް، ފ. މަގޫދޫ ކައުންސިލްގެ އިދާރާ އާ ހަވާލުކުރަންވާނެއެވެ.
ޑިޒައިން ހުށަހެޅުމުގެ ސުންގަޑި އަދި ހުށަހަޅަންވީ ގޮތް:
- މަތީގައި ބަޔާން ކުރެވިފައިވާ ފޯރމެޓްތަކަށް 2024 ފެބްރުވަރީ 15 ވަނަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް [email protected] އަށް މެއިލް ކުރަންވާނެއެވެ.
- ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައި.ޑީ ކާޑު ނަންބަރާއި ކޮޕީ، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ޑިޒައިންއާއި އެކު މިއިދާރާއަށް މެއިލް ކުރަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.