ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އިހަވަންދޫ ރަމްޒުކޮށްދޭނެ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

                                          އިޢުލާން

 

ހއ.އިހަވަންދޫ ރަމްޒުކޮށްދޭނެ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

  1. ހއ.އިހަވަންދޫ ރަމްޒުކޮށްދޭނެ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)248-ESMSMS/248/2023/48 އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް ހއ.އިހަވަންދޫ ރަމްޒުކޮށްދޭނެ މޮނިއުމެންޓު ފަރުމާކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ‏2024‏ ޖަނަވަރީ‏ 25 އިން ‏2024‏ ފެބްރުއަރީ‏ 06 ގެ ނިޔަލަށް [email protected] މެއިލްކުރައްވައިގެން ނުވަތަ 65000256 ނަންބަރަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ‏2024‏ ފެބްރުއަރީ‏ 08‏ ވާ ބުރާސްފަތި ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ ‏2024‏ ފެބްރުއަރީ‏ 12‏ ވާ ހޯމަ ދުވަހުގެ 11:15 ގައި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމް ގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

ހއ. އިހަވަންދޫ، ދިވެހިރާއްޖެ

ފޯން:  6500256

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

 

                                      14‏ ރަޖަބް‏ 1445

25 ޖަނަވަރީ 2024
ހޯދާ