ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި ކުށާއި، ދަރަނީގެ ރެކޯޑު ސާފުކުރުމާގުޅޭ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތު 2024 ޖަނަވަރީ 31 ވާ ބުދަ ދުވަހުން ފެށިގެން 2024 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާތީ، މި މުއްދަތުގެ ތެރޭގައި އަންނަ ހަފްތާ ބަންދު ދުވަސްތަކުގައިވެސް އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ރެކޯޑު ސާފުކުރުމުގެ އިންތިޒާމް މި ޑިޕާޓްމަންޓުގެ ރިސެޕްޝަނުގައި ތިރީގައި މިދަންނަވާ ގޮތަށް ހަމަޖެހިފައިވާކަން ޢާއްމުކޮށް އިޢުލާން ކުރީމެވެ.

2 ފެބުރުވަރީ 2024 ވާ ހުކުރު ދުވަސް: 16:00  އިން 19:00 އަށް

3 ފެބުރުވަރީ 2024 ވާ ހޮނިހިރު ދުވަސް:  11:00 އިން 15:00 އަށް

9 ފެބުރުވަރީ 2024 ވާ ހުކުރު ދުވަސް: 16:00  އިން 19:00 އަށް

10 ފެބުރުވަރީ 2024 ވާ ހޮނިހިރު ދުވަސް: 11:00 އިން 15:00 އަށް

ރެކޯޑު ސާފުކުރުމަށް 5 ދުވަހުގެ މުއްދަތެއް ހިނގާނެތީ މި މުއްދަތު ލިބޭ ގޮތަށް މި ޑިޕާޓްމަންޓަށް ރެކޯޑު ސާފުކުރުމަށް ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް ދެންނެވީމެވެ.

ރެކޯޑު ސާފުކުރުމަށް އެދި މި ޑިޕާޓްމަންޓަށް ހުށަހަޅަންޖެހޭ ފޯމު "ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ޖަދުވަލު 1" މި ޑިޕާޓްމަންޓުގެ ރިސެޕްޝަން އަދި ޑިޕާޓްމަންޓުގެ ވެބްސައިޓް dja.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަދި ރެކޯޑު ސާފުކުރުމަށް މި ޑިޕާޓްމަންޓުގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދުވެރިކޮށް  [email protected] އަށް ހުށަހެޅޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 4011313 ފޯނަށް ގުޅުއްވުން އެދެމެވެ.

13 ރަޖަބު    1445

25 ޖަނަވަރީ 2024
ހޯދާ