މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. މުލީ ރަސްމީ ފާލަން އަދި މުލީގެ ނަން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މ. މުލީ ރަސްމީ ފާލަން އަދި މުލީގެ ނަން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މ.މުލީ ރަސްމީ ފާލަން އަދި މުލީގެ ނަން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)365-ESMS/2024/04 (03 ޖަނަވަރީ 2024) އިޢުލާނާގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއް ކަމަށްވާތީ، އެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާތިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، މިއިދާރާއިން ދޭ ކުރެހުމާއި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރެއްވުމަށް  ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް  01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން  މި އިދާރާގެ   ([email protected])އަށް ރިކުއެސްޓްކޮށް، އެފަރާތުގެ ތަފްޞީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލް ކުރެއްވުން އެދެމެވެ.

މިކަމާއި ގުޅިގެން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ  5 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި މ. މުލީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް މައުލޫމާތު ޝީޓް މެއިލްކުރެވޭނެއެވެ.

ބީލަމުގައި ރަޖިސްޓްރީ ވެވޭނީ، ކަނޑައެޅިފައިވާ މުއްދަތުގައި އީމެއިލް ފޮނުވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 20 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މ.މުލީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މ. މުލީ ކައުންސިލްގެ އިދާރާ

ޑޭޒީމަގު، މ. މުލި، 11050، ދިވެހިރާއްޖެ.

ފޯން: 6720508

އީމެއިލް: [email protected]

                ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖަނަވަރީ 2024
ހޯދާ