ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތްތަކުގެ ޕޫލް އެކުލަވާލުން

މިރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް، މިއިދާރާއިން އަންގާ ގޮތެއްގެމަތީން ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތްތަކުގެ ޕޫލެއް އެކުލަވާލުމަށް ބޭނުންވެއްޖެއެވެ.

 

އުޖޫރަ:

ގަޑިއަކަށް -/65 ރުފިޔާ (ގިނަވެގެން)

މަސައްކަތް ހަމަޖެހިފައިވާ ގޮތް:

އާއްމު އުޞޫލުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 04 (ހަތަރެއް) ދުވަހު، ދުވާލަކު 02 (ދޭއް) ގަޑިއިރު

 

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށް ޚާއްސަކުރެވިފައިވާ ފޯމް މެދުވެރިކޮށް ތިރީގައިވާ ތާވަލާއެއްގޮތަށް މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުންއެދެމެވެ.

 

 

ތާރީޚް

ގަޑި

ދުވަސް

ތަން

މަޢުލޫމާތު ދިނުން

30 ޖަނަވަރީ 2024

13:30

އަންގާރަ

ކައުންސިލް އިދާރާ ޖަލްސާކުރާ މާލަމް

އަންދާސީ ހިސާބު ހުށަހެޅުން

08 ފެބްރުއަރީ 2024

13:30

ބުރާސްފަތި

ކައުންސިލް އިދާރާ ޖަލްސާކުރާ މާލަމް

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

25 ޖަނަވަރީ 2024
ހޯދާ