ދިވެހިރާއްޖެ
އިޢުލާން
ށ.ފޭދޫގެ ޖަމިއްޔާތަކުން ރާވާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލުން
ށ.ފޭދޫގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމްޢިއްޔާތަކުން ރާވާ ހިންގާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދުން ފެށިގެންވަނީ ހުޅުވާލެވިފައެވެ. މާލީ އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ، ޖަމިއްޔާތަކުގެ ތެރެއިން ރަޖިސްޓްރީކުރި ފަހުން 1 (އެކެއް) އަހަރު ވެފައިވާ ށ. ފޭދޫއަށް ނިސްބަތްވާ ޖަމިއްޔާތަކަށެވެ. އެގޮތުން މާލީ އެހީ ދޫކުރެވޭނީ މުޖްތަމަޢު ބާރުވެރިކުރުމަށާއި، އިޖްތިމާޢީ ތަރައްޤީއަށް އަދި އިޖްތީމާޢީ ރޫޙް އާލާކޮށް ދިރުވުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ. އަދި އެ ޕްރޮގްރާމް/ތައް ވާންވާނީ އެ ޖަމިއްޔާއެއް މިކައުންސިލުން އެންޑޯސްކުރާ ޕްރޮގްރާމަކަށެވެ.
"މިލަދުންމަޑުލު އުތުރުބުރީ ފޭދޫކައުންސިލުގެ އެހީދިނުމުގެ ގަވާއިދު" އާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މަޢުލޫމާތާއި ލިޔެކިޔުންތައް އަދި ޕްރޮޕޯސަލް އިވެލުއޭޝަން ކްރައިޓީރިއާ މި އިއުލާނާއިއެކު ޝާއިޢު ކުރެވިފައިވާނެއެވެ.
ގްރާންޓްގެ ނަން: ށ.ފޭދޫގެ ޖަމިއްޔާ ޖަމާޢަތްތަކުން ރާވާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތަކަށް މާލީ އެހީ ދިނުން |
އެހީގެ ފައިސާދެވޭ މިންވަރު: ޕްރޮޕޯސަލް ހުށައަޅާ ޖަމިއްޔާތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައަޅާ ޖަމިއްޔާއަކަށް 50,000 (ފަންސާސްހާސް) ރުފިޔާއެވެ. |
ސުންގަޑި: 04 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް |
ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ގޮތް: ޕްރޮޕޯސަލްތައް ހުށައެޅުމަށް މިކައުންސިލްގެ [email protected] މެއިލްއަށް ޕްރޮޕޯސަލްއާއި ޕްރޮޕޯސަލްއާއި ގުޅޭ ލިޔެކިޔުންތައް ހުށައަޅަންވާނެއެވެ. ނޯޓް: ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުން މެއިލް ލިބުނު ކަމަށް ރަސްމީ 1 ދުވަސްތެރޭގައި ޖަވާބު ނުލިބޭނަމަ 6540045 އަށް ގުޅުއްވާ ޕްރޮޕޯސަލް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ. |
ޕްރޮޕޯސަލްއާއިއެކު ހުށަހަޅަންޖެހޭ ތަކެތި:
|
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.