ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލްގެ ދަރިވަރުންގެ ކްލާސްރޫމްތަކުގައި ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ 160 ޑެސްކު ރޭވުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.  

#

ޑެސްކުގެ ތަފްސީލް

ބޭނުންވާ އަދަދު

1

ޓްރެޕީޒިއަމް ޑެސްކު

10

2

ޕްރައިމަރީ ޑެސްކު

60

3

ސެކަންޑަރީ ޑެސްކު

90

ޑެސްކްތައް ރޭވުމަށް ބޭނުންވާ ކުރެހުން ހިމެނޭ ސްޕެސިފިކޭޝަން މި އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖަނަވަރީ 27 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް [email protected] އަށް

ހުށަހެޅުން އެދެމެވެ. އަދި އަގު ހުށައަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ކަންތައްތައްކަށް ސަމާލުކަންދެއްވުން އެދެމެވެ.

1-      މަސައްކަތަކަށް ކަނޑައަޅާ އަގު އެނގޭނެގޮތަށް ތަފްސީލާއިއެކު ހުށަހެޅުން

2-      މަސައްކަތަށް ހޭދަވާނޭ މުއްދަތު ބަޔާންކުރުން

3-      މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ

ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި

ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

24 ޖަނަވަރީ 2024
ހޯދާ