ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ
މާލެ، ދިވެހިރާއްޖެ
ނަންބަރު: IUL10-F/10/2024/19
އިޢުލާން
މި މިނިސްޓްރީގެ ދޮރުތަކެއްގައި ސަން އެކްސް ސްޓިކަރ ޖަހާދޭނެ ފަރާތެއް ހޯދުމާގުޅޭ
މި މިނިސްޓްރީ ހިގަމުން ގެންދާ ވެލާނާގެ 10 ވަނަ ފަންގިފިލާގެ ބީ. ވިންގުގެ 2 ރޫމެއްގައި މިހާރު ޖަހާފައި ހުރި ސަން އެކްސް ސްޓިކަރތައް ނަގާ އާ ސްޓިކަރ ޖަހާދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ 29 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުންއެދެމެވެ. އަދި 04 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 11:00އަށް އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޮލޮޖީ / ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.