މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލިނގިލީ އަވަށުގެ ރުއްތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ވިލިނގިލީ އަވަށުގެ ރުއްތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ވިލިނގިލީ އަވަށުގެ ރުއްތައް ކުއްޔަށް ހިފައި ރުކުއަޅައި، ރުއްތައް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: IUL)425-A1/1/2015/41)ފ(22 މާރިޗު 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސެޝަނަށް ހާޒިރުވި ފަރާތްތަކުގެ އަދަދު މަދުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު މިއިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ތަން

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

08 އެޕްރީލް 2015

މާލޭ ސިޓީ ހޯލް

ބުދަ

14:00

އަގު ހުށަހެޅުއްވުމަށް

15 އެޕްރީލް 2015

މާލޭ ސިޓީ ހޯލް

ބުދަ

14:00

އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.

13 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015
ހޯދާ