ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.އޮމަދޫ ގޮއި (ރައްޔިތުންގެ ރުއްގަސް) ކުއްޔަށް ދިނުމާއި ބެހޭ.

މިރަށު ރައްޔިތުންގެ ރުއްގަސް 1 އަހަރު ދުވަހަށް ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކަށް އަގުހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                  ކަމާއިގުޅޭ މަޢުލޫމާތު ސާފްކުރެއްވުމަށް މި އިދާރާގެ ނަންބަރ 6780039 އަށް ގުޅުއްވައި ނުވަތަ މި އިދާރާގެ އީމެއިލް  [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.  މެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާން ނަމްބަރު ޖެއްސެވުންއެދެމެވެ.

 ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ބަޔާންކޮށް 05 ފެބުރުއަރީ  2024 ވާ ހޯމަ ދުވަހު 10:30 އަށް މިއިދާރާއަށް ދުރުވެ ލިޔުމުން އަގު ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖަނަވަރީ 2024
ހޯދާ