ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ވައިކަރަދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން

 

ހދ. ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކައުންސިލުން އެކަށައަޅާ ފާސްކޮށް 31 ޑިސެންބަރު 2023 ގައި ގެޒެޓް ކުރެވިފައިވާ "ހދ. ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލު" 23 ޖަނަވަރީ 2024ގައި ބޭއްވުނު ކައުންސިލްގެ އާއްމުޖަލްސާއިން އިސްލާޙް ކުރުމަށްފަހު 24 ޖަނަވަރީ 2024 ގައި ވަނީ ގެޒެޓް ކުރެވިފައެވެ. ވުމާއެކު މި އުޞޫލާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވާ ފަރާތްތަކުން މިއަދުން ފެށިގެން 25 މާރޗް 2024 ވާ ހޯމަދުވަހުގެ މެންދުރު 13:00 އާއި ހަމައަށް ގޯއްޗަށްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އަދި ދަންނަވަމެވެ. ގޯތި ދޫކުރުމާއި ގުޅޭގޮތުން ކުރިން މިއިދާރާއިން ކޮށްފައިވާ ނަންބަރު 269/269/2024/4(IUL) (15 ޖަނަވަރީ 2024) އިޢުލާން ބާތިލްކުރެވިފައިވާ ކަމުގައި ދަންނަވަމަވެ. ނަމަވެސް އެ އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ ފޯމްތައް ބާތިލުނުވާނެ ކަމުގައި ދަންނަވަމެވެ. އެ ފޯމްތަކާމެދު އަމަލުކުރުމުގައި ބަލާނީ އިސްލާޙްކުރެވިފައިވާ އުޞޫލުގެ ދަށުންކަމުގައި ދަންނަވަމެވެ. އަދި ކުރިން ހުށަހަޅުއްވާފައިވާ ފޯމަށް އެއްވެސް ބަދަލެއްގެނެސް އަލުން ހުށަހަޅުއްވަން ބޭނުންވެލައްވާނަމަ 25 މާރޗް 2024ގެ ކުރިން އެ ބަދަލެއްގެނެސް އަލުން ފޯމް ހުށަހެޅުމުގެ ފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ.

މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 107 ގޯއްޗެވެ. އެއީ ހުޅަނގުކޮޅުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުން 42 ގޯތި އަދި އިރުމަތީ ކޮޅުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުން 65 ގޯއްޗެވެ. މި ގޯތިތަކުގެ ބޮޑުމިނަކީ 2500 އަކަފޫޓާއި 3000 އަކަފޫޓާއި ދެމެދުގެ ގޯއްޗެވެ.

ހދ. ވައިކަރަދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށްއެދި ހުށަހަޅާ ފޯމާއި، ހދ. ވައިކަރަދޫއިން ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދޭނެގޮތުގެ މިންގަނޑާއި ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތައް އެނގޭނޭ ޗާޓް މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައި އެވަނީއެވެ.  މި ލިޔުންތަކާއި ފޯމް މިއިދާރާއިންނާއި މިއިދާރާގެ ވެބްސައިޓް www.vaikaradhoo.gov.mv އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

ކައުންސިލްގެ އިދާރާއިން ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަޔާންކުރެވުނު މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރު 13:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ. އީމެއިލްގެ ޒަރީއްޔާއިން ފޯމް ހުށަހަޅުއްވަން ބޭނުންވެލައްވާ ފަރާތްތަކުން ބަޔާންކުރެވުނު މުއްދަތުގައި މިއިދާރާގެ އީމެއިލް [email protected] އަށް މެއިލްކުރައްވާ ރަސްމީގަޑީގައި އިދާރާގެ ނަންބަރު 6520046 އަށް ގުޅުއްވާ ހުށަހެޅުއްވި ފޯމް ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ، ހދ. ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަނޑާރަ ގޯއްޗަށް އެދިލައްވާ ފަރާތްތަކުން 25 މާރޗް 2024 ވާ ހޯމަދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮން އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.  

24 ޖަނަވަރީ 2024
ހޯދާ