ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުރަވެހި އެވޯޑް އަށް ފޯމް ހުށަހެޅުމަށް މުއްދަތު އިތުރުކުރުން

އިޢުލާން

 

ގުރަވެހި އެވޯޑް އަށް ފޯމް ހުށަހެޅުމަށް މުއްދަތު އިތުރުކުރުން

 

މި ކައުންސިލުން 2024 ވަނަ އަހަރު ދޭން ނިންމާފައިވާ "ގުރަވެހި އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު  ފެބްރުއަރީގެ ނިޔަލަށް ހުޅުވާލަމެވެ. މި އިޢުލާނާއެކު އެވޯޑަށް ނަން ހުށަހަޅާ ފޯމް އަދި "ގުރަވެހި އެވޯޑު"ގެ ސިޔާސަތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި އެވޯޑަށް ނަން ހުށަހެޅުއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެޕްލިކޭޝަންފޯމް ކައުންސިލް އިދާރާގެ ރިސެޕްޝަން އިން ލިބެންހުންނާނެއެވެ. ފޯމް ހުށަހަޅާ ފަރާތްތަކަށް އީ- މެއިލް  [email protected] މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ. ކުރިން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ރަޖަބް 1445

24 ޖަނަވަރީ 2024

 

24 ޖަނަވަރީ 2024
ހޯދާ