ދިވެހިރާއްޖެ
ބީލަމުގެ އުސޫލުން ހުޅުމާލޭ މިނީ މޯލްްއިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ދެ ޔުނިޓާގުޅޭ
ހުޅުމާލޭގައި ޤާއިމުކޮށްފައިވާ 'ހުވަނދު' މިނީ މޯލްް އިމާރާތުން ބީލަމުގެ އުސޫލުން ބޭންކުގެ ޚިދުމަތްދިނުމަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ދެ ޔުނިޓު ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ، ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ބޭންކުގެ ޚިދުމަތްދޭ ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ތަފުސީލު
- ޔުނިޓުގެ ސައިޒް: 1100 އަކަފޫޓު
- ކުއްޔަށް ދޭ މުއްދަތު: 25 އަހަރު
- ޔުނިޓުގެ އަދަދު: 2 ޔުނިޓު
- ޔުނިޓުގައި ދެވޭނެ ޚިދުމަތް: ހަމައެކަނި ބޭންކުގެ ޚިދުމަތް
މިނީމޯލްގައި ބޭންކުގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށް 9 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން މި ކޯޕަރޭޝަނަށް ސިޓީ ފޮނުއްވުން އެދެމެވެ. މިކަމާ ގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 13 އެޕްރީލް 2015ވާ ހޯމަ ދުވަހުގެ 14:00ގައި ހުޅުމާލޭގައި ހުންނަ މި ކޯޕަރޭޝަންގެ މައި އޮފީހުގެ 3ވަނަ ފަންގިފިލާގައި އޮންނާނެއެވެ. އަދި ޝައުޤުވެރިވާ ފަރާތްތަކުން 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ.
ކުރިއަށް ދާނެގޮތުގެ ތާވަލު:
ތަފުސީލު |
ތާރީޚާއި ވަގުތާއި ތަން |
ކުރިއަށްދާނެގޮތް |
# |
ގެޒެޓުގައި އިޢުލާން ކުރުން |
2 އެޕްރީލް 2015، 13:00ގެ ކުރިން |
ޝައުޤުވެރިކަން ފާޅުކުރުމަށް އެދި އިޢުލާން ކުރުން |
1. |
1. ޝައުޤުވެރިކަން ފާޅުކޮށް ސިޓީ ފޮނުއްވި އެންމެހާ ފަރާތްތަކަށް މި ބައްދަލުވުމަށް ދަޢުވަތު އެރުވޭނެއެވެ. 2. ބޭނުންވެއްޖެ ޙާލަތެއްގައި އިތުރު މަޢުލޫމާތު މި ބައްދަލުވުމުގައި ދެވޭނެއެވެ. 3. ބައްދަލުވުމުގައި ތިރީގައިވާ ކަންކަމާމެދު މަޝްވަރާކުރެވޭނެއެވެ. 4. ބީލަމުގެ އުސޫލުން އެންމެ އެކަށޭނަ ފަރާތެއް ހޮވާނެގޮތް 5. މިނީމޯލް ޕްރޮޖެކްޓާ ގުޅޭ އިތުރު މަޢުލޫމާތު |
13 އެޕްރީލް 2015، 14:00ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، 3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ، ހުޅުމާލެ، ދިވެހިރާއްޖެ |
މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން |
2. |
1. ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތައް ނޫން އެހެން ފަރާތެއްގެ ހުށަހެޅުން ޤަބޫލެއް ނުކުރެވޭނެއެވެ. 2. ބިޑް ސެކިއުރިޓީ ފޯމާއި ބިޑް ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންވާނެއެވެ. 3. 30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންވާނެއެވެ. |
30 އެޕްރީލް 2015، 13:00ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، 3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ، ހުޅުމާލެ، ދިވެހިރާއްޖެ |
ޕްރޮޕޯޒަލް ހުށަހެޅުން |
3. |
1. އިވެލުއޭޝަން ކުރިއަށް ގެންދާނީ އާރ.އެފް.ޕީ.ގެ މާއްދާ 4 ގައިވާ ގޮތުގެ މަތިންނެވެ. 2. ކޮންޓްރެކްޓް ދޭނެ ފަރާތެއް ކަނޑައަޅާ އިޢުލާނު ކުރާނީ އިވެލުއޭޝަން ނިމުމަށްފަހުގައެވެ. |
11 މެއި 2015، 13:00ގެ ނިޔަލަށް |
އިވެލުއޭޝަން |
4. |
ޕްރޮޕޯޒަލް ހުށަހަޅާނީ ތިރީގައިވާ އެޑްރެހަށެވެ:
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނ ލިމިޓެޑް
އެޗް.ޑީ.ސީ. ބިލްޑިންގ، 3 ވަނަ ފަންގިފިލާ،
ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 3353535 (960)
ފެކްސް: 3358892 (960)
ވެބްސައިޓް: www.hdc.com.mv
އީމެއިލް: [email protected]