ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެޗް.އާރ)

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެޗް.އާރ)
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ނަންބަރު: MNU-HR/2024/18

ތާރީޙް: 23 ޖަނަވަރީ 2024

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

އެޗް.އާރް

ގްރޭޑް:

5

ސްޕައިން:

24

އަސާސީ މުސާރަ:

މަހަކު 7,151.26 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު  3,064.83 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓް މުއްދަތު:

ކޮންޓްރެކްޓް ފެށޭ ތާރީޙުން ފެށިގެން 28 ނޮވެންބަރު 2024 ގެ ނިޔަލަށް

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

  1. ސެޓިފިކެޓް ލެވެލް 7/8 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން،ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސަރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ހަވާލުކުރެވޭ  ފެކަލްޓީ / ސެންޓަރުތަކުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސް ދިނުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތު ހޯދުމުގެ މަސައްކަތްކޮށް، ކަނޑައެޅޭ މުއްދަތައް ރިޕޯޓްތައް ހޯދައި، ރިޕޯޓް ލިބުމުން މުސާރަ އާއިބެހޭޝީޓް ތަކަށް މައުލޫމާތު އެޅުން.
  • ކޮންމެ ދުވަހެއްގައިވެސް އެދުވަހެއްގައި ލިބޭ ވަޒީފާއާއި ބެހޭ ޗިޓްތަކާއި، މުސާރަ އާއި ގުޅޭ މެމޯތައް މުސާރަ ދިނުމަށް ހަމަޖެހިފައިވާ ދުވަހާ ހަމައަށް ބަލަހައްޓައި، އެ ލިޔުމަކާ  އެއްގޮތަށް މުސާރަ ޝީޓަށް އެންޓަރ ކުރުން.
  • ހަވާލުކުރެވޭ ފެކަލްޓީ / ސެންޓަރު ތަކުގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ކަންތައް، ހަމަޖެހިފައި އޮންނަ އުޞޫލުގެ މަތިން ކުރުން.
  • މުސާރައާއި އެލަވަންސް މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރުމުން، މުސާރަ ސްލިޕްތައް އެ މުވައްޒަފުންނަށް ރައްދުކުރުން.
  • އެޗް.އާރު. ސިސްޓަމް ބަލަހައްޓައި ފެކަލްޓީ އަދި ސެންޓަރ ތަކުގައި ދިމާވާ މައްސަލަތައް ވެރިންނާ ވާހަކަ ދައްކައިގެން ޙައްލުކުރުން.
  • އަލަށް ޕެންޝަން ސްކީމްގައި ބައިވެރިވާ މުވައްޒަފުންގެ މަޢުލޫމާތު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވުން.
  • ބިދޭސީ މުވައްޒަފުންގެ ވާރކް ޕާރމިޓް ފީ،އިންޝުއަރެންސް އަދި ވިސާ ހަމަޖެއްސުމުގެ ކަންތައް ކުރުން.
  • ޔުނިވަރސިޓީގެ މުވައްޒަފުންގެ ހެލްތު އިންޝުއަރެންސް ސްކީމްގައި ބައިވެރިކުރުމަށް އިދާރީ ގޮތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ވެރިން އަންގާ އުޞޫލުގެ ދަށުން ކުރުން.
  • ޔުނިވަރސިޓީގެ ފެކަލްޓީ/ސްކޫލް/ސެންޓަރު/ކެމްޕަސް ތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ ޑިއުޓީތައް އެޗް.އާރް ސިސްޓަމަށް އަޅައި ހާޟިރީތައް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  • ޔުނިވަރސިޓީގެ ފެކަލްޓީ/ސެންޓަރު/ސްކޫލްތަކުގައި ކިޔަވައިދޭ ޕާރޓްޓައިމް ލެކްޗަރަރުންގެ މަޤާމުތަކަށް އިއުލާނުކޮށް ވަޒީފާގެ ކަންތައްތައް ޕްރޮސީޖާ މެނުއަލްގައިވާ ގޮތަށް ކުރުން.
  • ޔުނިވަރސިޓީގެ ފެކަލްޓީ/ސެންޓަރު/ސްކޫލްތަކުގެ އިމްތިހާންތަކަށް އިންވިޖލޭޓަރުން ހޯދުމަށް އިއުލާންކޮށް ރެކްރޫޓްކުރެވޭ ފަރާތްތަކުގެ ކޮންޓްރެކްޓް ހަދައި ސޮއިކުރުވުން.
  • ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި، ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ. 

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

30 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

http://tinyurl.com/MNUHR-2024-CA-18

  

ނޯޓް:

 

  • މި މަޤާމުގެ ތަޢުލީމީ އަދި މަސައްކަތު ދާއިރާ ކަމުގައި ބަލާނީ ހިއުމަން ރިސޯސް، ބިޒްނަސް މެނޭޖްމަންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން، މި ދާއިރާތަކެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ..

 

23 ޖަނަވަރީ 2024
ހޯދާ