ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އުޅަނދު ފަހަރު ދަފްތަރު ކުރުން.

ނަންބަރ: (IUL)258/258/2024/9       

އިޢުލާން

    

އެއްގަމުގައި ދުއްވާ އުޅަނދު ފަހަރު ދަފުތަރު ކުރުން.

 

 

            އެރަށެއްގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު އެރަށެއްގެ ރަށުކައުންސިލުގައި ދަފުތަރު ކުރަން ޖެހޭނެކަމަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާން ކޮށްފއިވާތީ، އެޤާނޫނާއި އެއްގޮތަށް މިފަދަ އުޅަނދުތައް ދަފުތަރު ކުރުމަށް ކުރިންވެސް އިޢުލާނުކުރެވިފައި ވީނަމަވެސް، އެކަމަށް ލިބިފައިވާ ތަރުހީބު ކުޑަކަންވަނީ ފާހަގަ ކުރެވިފައެވެ. އަދި މިފަދަ ވެހިކަލްތައް ރަށު ކައުންސިލުގައި ދަފުތަރު ކުރެވިފައިނުވާތީ ފުލުހުންގެ ޚިދުމަތުން ހިންގާ އެކި ޕްރޮގްރާމްތަކަށް ދަތިވެ ނާޖާއިޒް ގޮތުގައި ގެނެވޭ ވެހިކަލްތައް މިހާރަކަށްއައިސް ވަރަށްގިނަކަން ފާހަގަ ކުރެވޭތީއާއި، ޤާނޫނު ތަންފީޒު ކުރުމުގެ ބޭނުމަށް، ހަނިމާދޫގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު 2024 ފެބުރުއަރީ 15 ވަނަ ދުވަހުގެ ކުރިން މި އިދާރާގައި ދަފުތަރު ނުކުރެވޭނަމަ އެއުޅަނދެއް ދުއްވާ ބޭނުންކުރުން ހުއްޓުވާ އެފަރާތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަން އަންގަމެވެ.  

            ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12  ރަޖަބު   1445

23 ޖަނަވަރީ  2024

23 ޖަނަވަރީ 2024
ހޯދާ