ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2024/05
އިޢުލާން
ހޮސްޕިޓަލުގެ ސްޓޮކް މެނޭޖްމަންޓް ސޮފްޓްވެއަރ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން
ހޮސްޕިޓަލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހޮސްޕިޓަލުގެ ސްޓޮކްމެނޭޖްމަންޓް ސޮފްޓްވެއަރ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު (IUL)ASMH-Procure/ASMH/2023/82 އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތުޝީޓަށް ބަދަލު ގެނެވިފައިވާތީ، ބަދަލުތަކާއި އެއްގޮތަށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރިއަށް ދާނީ 23 ޖަނަވަރީ 2024 އިން 28 ޖަނަވަރީ 2024 ވަނަދުވަހުގެ 14:00 ގެކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންރެޖިސްޓްރޭޝަން ފޯމްހުށަހަޅުއްވައިގެންނެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.އިތުރު މައުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6845140/6845161 ގުޅުއްވުން ނުވަތަ [email protected] މެއިލްކޮށްދެއްވުން އެދެމެވެ.
އަންދާސީ ހިސާބް ހުށަހެޅުން: 01 ފެބްރުއަރީ 2024، 13:00 ގައި
ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)