ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2014 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވުނު ކެމްބްރިޖް އޯލެވެލާއި އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ސެޓުފިކެޓު ދޫކުރުން

2014 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވުނު ކެމްބްރިޖް އޯލެވެލް އާއި އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ސެޓުފިކެޓު ދޫކުރުން

2014 ވަނަ އަހަރުގެ އޮކްޓޫބަރު/ނޮވެންބަރުގައި ބޭއްވި ކެމްބްރިޖް އޯލެވެލާއި އައި.ޖީ.ސީ.އެސް.އީ އާއި އެސް.އެސް.ސީ އިމްތިޙާނުގެ ސެޓުފިކެޓު 2015 މާރިޗު 30 ވަނަ ދުވަހުން ފެށިގެން 2015 އެޕްރީލް 06 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ސެޓުފިކެޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 14:30އަށެވެ. ސެންޓަރުތަކުން ދޫކުރާ ދުވަހެއް ކަނޑައަޅާނީ އެސެންޓަރަކުންނެވެ.

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސެޓުފިކެޓު ނަގަން އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ މީހެއްގެ އައި.ޑީ.ކާޑާއި ކެންޑިޑޭޓުގެ އައި.ޑީކާޑު ގެންނަންވާނެއެވެ. ސެންޓަރުތަކުގެ ސެޓުފިކެޓު ދޫކުރެވޭނީ ސެޓުފިކެޓުތަކާ ހަވާލުވާ މީހާގެ އައި.ޑީ.ކާޑާއި ސެންޓަރުގެ ލިޔުމެއް ހުށަހެޅުމުންނެވެ.

9 ޖުމާދަލްއާޚިރާ 1436

29 މާރިޗު 2015
ހޯދާ