ދިވެހިރާއްޖެ
އިޢުލާން ނަންބަރ(IUL)MS-SAD/1/2024/17 :
ބީލަން ހުށަހެޅުމުގެ ދަޢުވަތު
11- ފެބްރުއަރީ 2024 ން ފެށިގެން އެއްއަހަރު ދުވަހުގެ މުއްދަތަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 23 ޖަނަވަރީ 2024 އިން 29 ޖަނަވަރީ 2024 އަށް ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ލިންކް: https://rb.gy/8nrkgz
4- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ޖަނަވަރީ 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5- މި ޕްރޮޖެކްޓާއި ބެހޭގޮތުން ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
6- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 31 ޖަނަވަރީ 2024 ވަނަ ދުވަހުގެ 13:00 ގައި މަޖީދިއްޔާ ސްކޫލް މީޓީންގ ރޫމްގައެވެ.
7- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
8- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަޖީދިއްޔާ ސްކޫލް
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3322457.3324691
އީ-މެއިލް: [email protected]