މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
MIRA 301 (ވިތުހޯލްޑިންގ ޓެކްސް ބަޔާން) އިޞްލާޙުކުރުން

ޤާނޫނު ނަންބަރު 2011/5 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ހުށަހަޅަންޖެހޭ ވިތުހޯލްޑިންގ ޓެކްސް ބަޔާން (MIRA 301) އަށް ވަނީ ތިރީގައިވާ ބަދަލުތައް ގެނެވިފައެވެ.

  • ވިތުހޯލްޑިންގ ޓެކްސް ބަޔާނާއެކު ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ދައްކާ ފައިދާގެ އަދަދު ބަޔާނުގެ އައިޓަމް 3 (ދައްކާ ފައިސާގެ އަދަދު) ގައި މިހާރު ހިމަނަންޖެހޭނެއެވެ.
  • ވިތުހޯލްޑިންގ ޓެކްސްގެ ކެޓެގަރީތަކަށް ބަދަލުގެނެވިފައިވެއެވެ. ކުރީގެ ކެޓެގަރީ A އަދި ކެޓެގަރީ B މިހާރު ވަނީ އެއް ކެޓެގަރީއަކަށް (ކެޓެގަރީ A) ބަދަލުކޮށްފައެވެ. އަދި ކުރީގެ ކެޓެގަރީ F އަދި ކެޓެގަރީ G މިހާރު ވަނީ ކެޓެގަރީ E އަށް ބަދަލުކޮށްފައެވެ.
  • އަންނަނިވި ކޮލަމްތައް ވަނީ ބަޔާނުގެ 2 ވަނަ ޞަފުޙާގައިވާ ތާވަލަށް އިތުރުކޮށްފައެވެ.
  • ދައްކާފައިވާ ފައިސާ ނިސްބަތްވާ ވިޔަފާރި ހަރަކާތް
  • ދިވެހިރާއްޖެއިން ބޭރުގައި ވަޒަންވެރިވެފައިވާ ފަރާތަށް ދައްކާފައިވާ ފައިސާގެ އަދަދު

ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ހުރިހާ ފަރާތްތަކުން، 1 މާރިޗު 2015 ނުވަތަ އެ ތާރީޚުގެ ފަހުން ފެށޭ މުއްދަތުތަކަށް ހުށަހަޅަންވާނީ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގެ ވަރޝަން 15.1 އެވެ. އިޞްލާޙުކުރެވިފައިވާ ވިތުހޯލްޑިންގ ޓެކްސް ބަޔާނާއި ފޯމު ފުރިހަމަކުރާނެގޮތުގެ އިރުޝާދު މީރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

10 ޖުމާދަލްއާޚިރާ 1436

30 މާރިޗު 2015
ހޯދާ