ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނބަލުންގެ ބީޗް ހޭންޑްބޯލް ޗެލެންޖް 2024 ގައި ބައިވެރިވުމާއި ގުޅޭ

އިޢުލާން

ކަނބަލުންގެ ބީޗް ހޭންޑްބޯލް ޗެލެންޖް 2024

ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ އަންހެން ބޭފުޅުންނަށް ހާއްސަ ކުރެވިގެން "ކަނބަލުންގެ ބީޗް ހޭންޑްބޯލް ޗެލެންޖް 2024" ގެ ނަމުގައި ހޭންޑްބޯލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު، 11 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. މިމުބާރާތުގައި ބައިވެރިވާން އެދޭ ފޯމް، ލިންކު  https://forms.gle/DK3EGMtELt5T4tUe9  މެދުވެރިކޮށް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ޓީމް ލިސްޓް ހުށައަޅަންޖެހޭ ސުންގަޑި ބައިވެރިވާ ޓީމްތަކުގެ މެނޭޖަރުންނާއި ހިއްސާކުރެވޭނެއެވެ. ޓީމް ލިސްޓް ބަލައިގަނެވޭނީ މިއިދާރާގެ އީމެއިލް:[email protected]  މެދުވެރިކޮށެވެ.

މުބާރާތުގެ ޤަވާއިދު މިއިދާރާގެ ވެބްސައިޓްwww.kulhudhuffushicity.gov.mv  އިން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ޤަވާއިދު މި އިއުލާންއާއެކު ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527122 ނުވަތަ 6527131 އަށެވެ.

23 ޖަނަވަރީ 2024
ހޯދާ