މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ޕްރޮޖެކްޓް ނަންބަރު PC/308/2024/01

މިކައުންސިލްގެ އައިސް ޕްލާންޓަށް ބޭނުންވާ 8000 (އަށްހާސް) ލީޓަރ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މުޙިއްމު ނުކުތާތައް

  1. ރ. މަޑުއްވަރީ އައިސް ޕްލާންޓަށް ސަޕްލައިކުރާ ޑީސަލަކީ އެސްޓީއޯއިން ކޮލިޓީ ގެރެންޓީ ކޮށްފައިވާ، ރަނގަޅު ކޮލިޓީގެ ޑީސަލް ކަމުގައި ވާންވާނެއެވެ.
  2. ޑީސަލް ސަޕްލައިކުރުމުގެ ހުރިހާ މަރުޙަލާތަކެއް ފުރިހަމަވިކަމަށް ބަލާނީ ޑީސަލް ހޯދުމަށް އެދުނު ޢަދަދަށް، ރ. މަޑުއްވަރީ އައިސް ޕްލާންޓްގެ ޑީސަލް ޓޭންކަށް، ޑީސަލް އަޅައި ޑެލިވަރީ ނޯޓުގައި ވެރިފަރާތުން ސޮއިކުރުމުންނެވެ.
  3. މަސައްކަތުގެ ރައްކާތެރިކަމާއި ފަރުވާތެރިކަން ކަށަވަރު ނުކުރުމުގެ ސަބަބުން ދިމާވެދާނެ އެކިއެކި ޙާދިސާ ތަކުގެ ޒިންމާ އުފުލާނީ ކޮންޓްރެކްޓަރެވެ.
  4. މަސައްކަތުގެ ބޭނުމަކަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ހުއްދައެއް ނަގާ ނުވަތަ ފީއެއް ނުވަތަ ޖުރިމާނާ އެއް ދައްކަން ޖެހިއްޖެނަމަ އެކަމެއް ކުރާނީ ކޮންޓްރެކްޓަރެވެ.
  5. ޑީސަލް އެޅުމަށްފަހު ޑެލިވަރީ ނޯޓުގައި ސޮއިކުރުވުމަކީ ކޮންޓްރެކްޓަރުގެ މަސްޢޫލިއްޔަތެވެ.
  6. ޑީސަލް ތާންގީއަށް ޑީސަލް އަޅަންވާނީ ވެރިފަރާތުން ކަނޑައަޅާ މީހަކު ނުވަތަ ބަޔަކު، ޑީސަލް ބަލައި ޗެކްކުރުމަށްފަހު އެމީހެއްގެ ނުވަތަ އެބައެއްގެ ޙާޟިރުގައެވެ.

ރަޖިސްޓްރީކުރުން

2024 ޖަނަވަރީ 31 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

ޑީސަލް ސަޕްލައިކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް (google.com)

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2024 ޖަނަވަރީ 31 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2024 ފެބުރުވަރީ 01 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"ޑީސަލް ސަޕްލައިކުރުން"

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

- އަންދާސީ ހިސާބު ހުށަހަޅާ ފޯމް

- ޓެކްސް ކްލިއަރެންސް ރިޕޯޓް

ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

  1. ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

-  އަގު %85

-  މުއްދަތު

-  ތަޖުރިބާ %5

  1. ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގެވެ.
  2. ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތެވެ.
  3. ތަޖުރިބާ %5 ، މިބައިގައި ބަލާނީ ވޭތުވެ ދިޔަ 1 އަހަރު މިބާވަތުގެ މަސައްކަތްކުރި ތަންތަނުން ދީފައިވާ ރިފަރެންސް ލެޓަރ ތަކަށެވެ. މިގޮތުން 5-1 ދެމެދުގެ ޢަދަދަކަށް ސިޓީ/ލިޔުން ހުށަހެޅިދާނެއެވެ. ޕޮއިންޓް ލިބޭނީ ހުށަހަޅާ ލިޔުންތަކުގެ ނިސްބަތުންނެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  6. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

23 ޖަނަވަރީ 2024
ހޯދާ