ދިވެހިރާއްޖެ
އިޢުލާން
ރަތަފަންދޫ ގަބުރުސްތާން ސާފުކޮށް ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުން.
ރަތަފަންދޫ ރިންގްރޯޑާއި ސަހަރާމަގާ ދެމެދު އަދި ޗަނބޭލީމަގާއި އުރީދޫ ސައިޓާއި ދެމެދުގައި ވާ ސަރަހައްދު ކޮންޓެކްޓް އުސޫލުން 6 މަސް ދުވަހުގެ މުއްދަތައް ސާފު ކޮށްބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުން ވެފައެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤު ވެރިވެލައްވާފަރާތްތަކުން 28 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުގެ ހެދުނު 10:00 އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 31 ޖަނަވަރީ 2024 ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އެސްޓިމޭޓު ހިއްޕަވައިގެން ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
މިއިދާރާއިން ކުރެވުނު ނަމްބަރ: (IUL)420-PED/420/2024/3 ގެއިޢުލާނަށް ހުށަހެޅިފައިވާ އެސްޓިމޭޓް ތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެން ބޮޑު ކަމަށް ފެންނާތީ އެއިޢުލާންވަނީ ބާތިލް ކުރެވިފައެވެ.
މާކްސް ދެވޭގޮތުގެ ތަފްސީލު:
# |
މާރކްސްދެވޭނެ ކްރައިޓީރިއާ |
މާރކްސް ދެވޭގޮތް |
ތަފްޞީލް |
1 |
އަގު |
%70 |
v އެންމެ ގިނަމާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑައަގަކަށެވެ.
|
2 |
ތަޖުރިބާ |
30% |
v އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ގިނައިން މަސައްކަތްކޮށް ތަޖުރިބާލިބިފައިވާ ކަމުގެ ހެކިތައް ހުށަހަޅާ ފަރާތަކަށެވެ. |
ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް
1- ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ
2- އަމިއްލަފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ އާއި ފަރުދުންގެ ރަޖިސްޓްރީގެ ކޮޕީ
3- ކޮމްޕެނީގެ ޕްރޮފައިލް
މިއިދާރާއިން ބަލާނެ ކަންތައްތައް
1- ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ؟
2- އަމިއްލަ ފަރުދެއްނަމަ އެފަރާތަކީ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ އާއި ކަމަށް އެކަށީގެންވާ ފަރާތެއްތޯ؟