ދިވެހިރާއްޖެ
އިޢުލާން
ހއ. އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
1- މިއިދާރާގެ ނަމްބަރު (IUL)248-PRU/248/2023/79 (4 ސެޕްޓެންބަރު 2023) އިޢުލާނާއި ގުޅިގެން ހއ.އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމެޓީގެ ލޯގޯ ފަރުމާކޮށްދިނުމަށް އެދި އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން ލޯގޯ ފަރުމާ ކޮށްދިނުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ.
2- މި ޕްރޮޕޯސަލް ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
3- މި ޕްރޮޕޯސަލްގައި ރަޖިސްޓްރީ ކުރުމަށް 2024 ޖަނަވަރީ 23 އިން 2024 ފެބުއަރީ 1 ގެ ނިޔަލަށް [email protected] މެއިލްކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މެއިލް ލިބުނުކަން ކަޝަވަރުކުރުމަށް 6500256 ނަންބަރަށް ގުޅުއްވުން އެދެމެވެ.
4- މިޕްރޮޕޯސަލްއާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ފެބުރުވަރީ 4 ވާ އާދީއްތަ ދުވަހުގެ ކުރިން މި އިޢުލާންގެ 3 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
5- ލޯގޯ ޕްރޮޕޯސަލް ހުށަހެޅުމަށް 2024 ފެބުރުވަރީ 8 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އިހަވަންދޫ ކައުންސިލް އިދާރާގެ [email protected] އަށް މެއިލް ކުރެއްވުއެދެމެވެ.
6- މިޕްރޮޕޯސަލާއި ބެހޭ މަޢުލޫމާތު ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
7- ޕްރޮޕޯސަލާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ފަރާތާއި ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.
ނަޝީދާ ޢަބުދުﷲ ، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބު ރައީސާ (9126464)
މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
12 ރަޖަބް 1445