ދިވެހިރާއްޖެ
ނެޝަނަލް ހެލްތު ލެބޯޓްރީގެ ގޭސް ކްރޮމެޓޮގްރެފިކް ޔުނިޓާ ގުޅާފައިވާ ޔޫޕީއެސް (SART 3000VA) ޕީސީބީއެއް ހޯދުމަށް ކުރެވުނު މިނިސްޓްރީ ނަންބަރު IUL 23-AP/1/2015/59ފ(10 މާރިޗު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، ނެޝަނަލް ހެލްތު ލެބޯޓްރީގެ ގޭސް ކްރޮމެޓޮގްރެފިކް ޔުނިޓާ ގުޅާފައިވާ ޔޫޕީއެސް (SART 3000VA) ޕީސީބީއެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 09 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އެޕްރީލް 13 ވާ ހޯމަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
11 ޖުމާދަލްއާޚިރާ 1436