ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
6 ކޮމްޕިއުޓަރ ސިސްޓަމާއި، 2 ޓަޗް މޮނީޓަރ، 1 ޑޮކިއުމެންޓް ސްކޭނަރ ހޯދުމާބެހޭ

6 ކޮމްޕިއުޓަރ ސިސްޓަމާއި، 2 ޓަޗް މޮނީޓަރ، 1 ޑޮކިއުމެންޓްސްކޭނަރ ހޯދުމާބެހޭ

މިއިދާރާގެ ނަންބަރު IUL)241-A/241/2015/10) އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ކެންސަލްކޮށް، އަލުން އިޢުލާން ކުރަމެވެ.            

މާކްސް ދެވޭނެ ގޮތް:

  •  އަގަށް %50  (އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތްތަކަށް އެންމެ ގިނަ މާކްސް)
  •  ޑެލިވަރީ މުއްދަތު  %30 (އެންމެ ކުރުމުއްދަތެއް ހުށަހަޅުއްވާ ފަރާތްތަކަށް އެންމެ ގިނަ މާކްސް)
  •  ތަޖުރިބާ   % 10 (މި ދާއިރާއާ ގުޅޭ ތަޖުރިބާގެ ލިޔުންތައް، މިފަދަ ތަކެތި ސަޕްލައިކޮށްފައިވާ މިންވަރާއި މިދާއިރާގައި ހޭދަކޮށްފައިވާ މުއްދަތަށް މާކްސް ދިނުމުގައި ބެލެވޭނެއެވެ.
  •  ވޮރަންޓީ   % 10 (އެންމެ ދިގުމުއްދަތަށް ދޭ ފަރާތްތަކަށް އެންމެ ގިނަ މާކްސް ދޭގޮތަށް)
  • ވީމާ، ސުރުޚީގައި ދެންނެވިފައިވާ މެޝަނަރީތައް އަމިއްލަ ތަކެތީގައި ގަންނާނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މެޝަނަރީތަކުގައި ހިމެނޭ މައިގަނޑު ތަކެތީގެ ސްޕެސިފިކޭޝަން ތިރީގައި މިވަނީއެވެ.
  • ވީމާ، މަތީގައި ދެވިފައިވާ މަޢުލޫމާތާ އެއްގޮތަށް 6 ކޮމްޕިއުޓަރ ސިސްޓަމާއި، 2 ޑަޗް މޮނީޓަރ، 1 ޑޮކިއުމެންޓް ސްކޭނަރ ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 7 އެޕްރީލް 2015ވާ އަންގާރަ ދުވަހުގެ 14:30އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
  • އީމެއިލް ފެކްސްއިން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތާ އެއްގޮތަށް ހުށަނާޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • އަންދާސީހިސާބު ހުށަހަޅުއްވާއިރު ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، ޖީއެސްޓީ ނުވަތަ ބީ.ޕީ.ޓީ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • ފަރުދުންގެ ވިޔަފާރިއަށް ރަޖިސްޓަރީކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީހުށަހަޅުއްވަންވާނެއެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުމުން އެފަރާތަކަށް މަޢުލޫމާތު ސާފުކޮށްދޭގޮތަށް ހަމަޖެހިފައިވާ ވާހަކަވެސް ދެންނެވީމެވެ.

29 މާރިޗު 2015
ހޯދާ