މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ގއ.ނިލަންދޫ ސްކޫލް 02 ކްލާސްރޫމް އިމާރާތް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

`

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

 

 

     މާލެ، ދިވެހިރާއްޖެ.

އިޢުލާން ނަންބަރ:

(IUL)22-G/22/2024/27

 

ޕްރޮޖެކްޓް ނަންބަރު:

G-2024-W-005

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ގއ.ނިލަންދޫ ސްކޫލް 02 ކްލާސްރޫމް އިމާރާތް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

  1. ގއ.ނިލަންދޫ ސްކޫލް 02 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު 2 އިޢުލާން އާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތަށް އިވެލުއޭޝަންގައި ޝަރުތު ފުރިހަމަ ނުވާތީ، އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  2. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ޖަނަވަރީ 22 ން 2024 28 ޖަނަވަރީގެ ގެ00: 00  ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.moe.gov.mv
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޖަނަވަރީ 29 ގެ ނިޔަލަށް މި އިޢުލާންގެ 7 ވަނަ ނަންބަރު ގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ޖަނަވަރީ 31 ވަނަ ދުވަހުގެ 10:20 ގައިމިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 08 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް 2 ގައެވެ.
  6. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000/-ރ.(ދިހަހާސް ހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 8 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                          

ފޯން:  3341127 , 3341129

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

22 ޖަނަވަރީ 2024

 

22 ޖަނަވަރީ 2024
ހޯދާ