ދިވެހިރާއްޖެ
މިމިނިސްޓްރީއަށް ކޮމްޕިއުޓަރާއި މޭޒާއި އޮފީސްގޮނޑި ބޭނުންވެގެން ކުރި އިޢުލާން IUL)459-A/459/2015/25) ބާޠިލުކޮށް، އަލުން އެތަކެތި މިމިނިސްޓްރީއަށް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
މި މިނިސްޓްރީއަށް ތިރީގައި މިދަންނަވާ ތަކެތި ހޯދަން ބޭނުންވެއްޖެއެވެ.
- 37 ކޮމްޕިއުޓަރ ސިސްޓަމް
- 31 އޮފީސްމޭޒު
- 32 އޮފީސްގޮނޑި
ވީމާ، މިތަކެތި މި މިނިސްޓްރީއަށް ހޯއްދަވައިދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 7 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް (ހުރަވީ ބިލްޑިންގ، ފުރަތަމަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް (ހުރަވީ ބިލްޑިންގ، ފުރަތަމަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅޭނީ 7 އެޕްރީލް 2015 ވާ އަންގާރަ ދުވަހު މަޢުލޫމާތު ސާފުކުރަން ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.
މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 3013017 ނަންބަރުން މި މިނިސްޓްރީގެ ޕްރޮކިއުމަންޓް ސެކްޝަނާ ގުޅުއްވުން އެދެމެވެ.
9 ޖުމާދަލްއާޚިރާ 1436