މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 26.05 ރަޖިސްޓްރީ ކުރުމާއިބެހޭ:

މި އިޢުލާންވަނީ 22 ޖަނަވަރީ 2024 17:02 ގައި ބާތިލް ކުރެވިފައެވެ.


 

އިޢުލާން

ރ.ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:

                        ރ.ދުވާފަރު 26.05 ނަންބަރުގޭ ރ. ކަނދޮޅުދޫ، ފިނިފެންމާގެ، އަލްފާޟިލް މުޙައްމަދު ޢަބްދުއްރައްޒާޤުއާއި، ރ. ކަނދޮޅުދޫ، ބޮކަރުމާގެ އަލްފާޟިލާ ޢާއިޝަތު މޫސާގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ މިފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ 2024 ޖަނަވަރީ 30 ވަނަ ދުވަހުގެ 14:00 ސުންމިނެޓް ގެ ކުރިން މި އިދާރާއަށް އެކަން އެންގެވުން އެދެމެއެވެ.

                       މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،  އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 26.05 ނަންބަރުގޭ ރ. ކަނދޮޅުދޫ، ފިނިފެންމާގެ، އަލްފާޟިލް މުޙައްމަދު ޢަބްދުއްރައްޒާޤުއާއި، ރ. ކަނދޮޅުދޫ، ބޮކަރުމާގެ އަލްފާޟިލާ ޢާއިޝަތު މޫސާގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

                             11  ރަޖަބް   1445 

                             22  ޖަނަވަރީ  2024

22 ޖަނަވަރީ 2024
ހޯދާ