ދިވެހިރާއްޖެ
ރައްޔެތުންގެ މެދުގައި ދީނީ އަދި ދިވެހި އަދަބިއްޔާތަށް ލޯބިޖައްސާ މަދަޙަ ކިޔުމުގެ ފަންނު ދިރުވާ އާލާ ކުރުމުގެ ރޫޙު އިތުރު ކުރުމުގެ ގޮތުން އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން މިހިނގާ 2024 ވަނައަހަރުގެ މާރިޗް މަހުގެ ތެރޭގައި ހުރިހާ ޢުމުރު ފުރާއަކަށް ހުޅުވާލައިގެން ކައުންސިލުން މަދަޙަ މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިވެ ލެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކަށް " އިނގުރައިދޫ ކައުންސިލްގެ މަދަޙަ މުބާރާތް 2024" މަދަޙަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 23 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެހެނދުނު 9:00ން ފެށިގެން 06 މާރިޗް 2024 ބުދަ ދުވަހުގެ 12:00 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން މެންދުރު ފަހު 12:00 އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލު އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6580028 އާއި ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ. މުބާރާތާއި ބެހޭ ޤާވާޢިދު މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި އެވަނީއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.