ދިވެހިރާއްޖެ
އަންނަ ރަމަޟާންމަހަށް ޚާއްޞަކޮށްގެން އެސްއެސް ޓީވީން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މުހިންމު ޕްރޮގްރާމް ތަކުގެ ތެރޭގައި ރާއްޖޭގެ އިސްރައްވެހިންނަށް ޚާއްޞަ ކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކީރިތި ޤުރުއާން ބަލާއިގެން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން ދާކަމަށާއި މިމުބާރާތަކީ އެމީހަކު ހުރިތަނެއްގައި ހުރެގެން ފޯނުން ނުވަތަ ކެމެރާއަކުން ކިޔެވުމުގެ ވީޑިއޯ ރެކޯޑް ކޮށްލާފައި ފޮނުވުމުން އެ ކިޔެވުމެއް މުބާރާތުގައި ބައިވެރިކުރެވޭ ގޮތަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުން ފުޅުވާ ފަރާތްތަކުން އެސްއެމްއެސް އެއް ކުރެއްވުމުން މިކޮޅުން އަޅުގަނޑުމެން އެފަރާތަކާއި ގުޅާގެން ބޭނުންވާ އިތުރު މައުޅޫމާތާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި މިމުބާރާތުގައި ބައިވެރިވުމަށް އެސްއެމްއެސް ކުރާނެ ގޮތަކީ IR (space) Name, Age,IsIand (send to)2747 އެވެ. މިމުބާރާތުގެ އެއްވަނަ އިނާމަކަށް ހަމަޖައްސާ ފައިވަނީ ޢުމުރާ ދަތުރެކެވެ.
ވީމާ، މިފަދަކަންކަމަށް ޝައުޤުވެރި ވެދާ ގިނަ އިސްރަށްވެހިން މިމުބާރާތުގައި ބައިވެރިވެ ދެއްވުމަކީ މިމުބާރާތް އިންތިޒާމް ކުރާއްވާ އެސްއެސް ޓީވީގެ ވަރައްބޮޑު އެދުމެކެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާ އިޢުލާން ކުރީމެވެ.
11 ރަޖަބު 1445